ads
ސަލްމާން ހާން / ޑިޝާ ޕަޓާނީ
ސަލްމާންގެ ސީޓީ މާރު ބަލައިފިންތަ؟
ސަލްމާން ހާންގެ ރާދޭ ފިލްމް ގެ ފުރަތަމަ ލަވަ ސީޓީ މާރު މިއަދު ރިލީޒް ކޮށްފިއެވެ.

މަޝްހޫރު ބޮލީވުޑް ތަރި ސަލްމާން އާއެކު ޑިޝާ ޕަޓާނީ މި ލަވައިން ފެނިގެން ދެއެވެ. މިލަވަ އަކީ ތެލުގޫ ލަވަ އެއްގެ ރީމޭކް އެކެވެ. ތެލުގޫ ތަރި އެއް ކަމަށްވާ މަޝްހޫރު އައްލޫ އަރްޖުންގެ އޮރިޖިނަލް މި ލަވަ ސަލްމާން ގެނެސްދީފައި މިވަނީ ވަރަށް ފުރިހަމަ ކޮށްނެވެ.

މިއަހަރު މޭ 13 ވާ އީދު ދުވަހު ރާދޭ ވަނީ ރިލީޒް ކުރަން ހަމަޖެހިފައެވެ.

ރާދޭގެ ފުރަތަމަ ލަވައިގައިވެސް ސަލްމާންގެ ތަފާތު ނެށުން ތަކެއް ވަނީ ދައްކުވައިދީފައެވެ. ސަލްމާންގެ އިތުރުން ޑިޝާގެ ޒުވާން ރީތިކަމާއި ޗާލު ނެށުން ވެސް ފެނިގެންދެއެވެ. ރަންދީޕް ހޫދާ އާއި ޖެކީ ޝްރޮފް ވެސް މި ފިލްމުގައި މުހިއްމު ރޯލެއް ކުޅެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް