ads
އއ. ތޮއްޑޫ ދަނޑުވެރިކަން ކުރާ ސަރަހައްދުގެ ފޮޓޯއެއް -- ފޮޓޯ / ޝަރުވާން
ދަނޑުވެރި ބިން ދޫކުރުމުގައި އިސްކަންދޭނީ އެއަތޮޅެެއްގެ ދަނޑުވެރިންނަށް: އެގްރޯނެޓް
ދަނޑުވެރި ބިން ދޫކުރުމުގައި އިސްކަންދޭނީ އެއަތޮޅެެއްގެ ދަނޑުވެރިންނަށް ކަމަށް އެގްރޯނެޓް އިން ބުނެފިއެވެ.

އެގްރޯނެޓަށް ސަރުކާރުން ތިން ރަށެއް ދޫކުރަން ހަމަޖައްސާފައިވާއިރު، އެކަމާ ގުޅިގެން އެކިގޮތްގޮތަށް ހަބަރު ފެތުރެމުން ދިއުމުގެ ސަބަބުން އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ދަނޑުވެރިކަމާ ބެހޭ ވުޒާރާގެ ބެލުމުގެ ދަށުގައި އޮތް ތިން ރަށެއް، އެ ކުންފުނިން ކިންގާ މަޝްރޫއެއްގެ ހިނގުމަށް ދޫކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

އެ ތިން ރަށަކީ، ހއ. މުލިދޫ، ލ. ގާދޫ އަދި ގދ. ގަން ކަމަށް އެގްރޯނެޓުން ބުނެއެވެ. އަދި އެ ތިންރަށް އެ ކުންފުންޏަށް ސަރުކާރުން ދޫކުރަނީ، އެ ކުންފުނިން ކުރިއަށްގެންދާ ދަނޑުވެރިކަމުގެ މަޝްރޫއު ހިންގުމަށް ދޫކުރާ ގޮތަށް ކަމަށް އެ ކުންފުނިން މިބަޔާނުގައި ބުނެފައިވެއެވެ.

އެގޮތުން އެގްރޯނެޓުން ކުރިއަށް ގެންދާ ކޮންޓްރެކްޓް ފާމިންގް މަޝްރޫއުގެ ދަށުން، ދަނޑުވެރިންނަށް ފަހި ފުރުސަތުތަކެއް ފޯރުކޮށްދެވިގެން ދާނެ ކަމަށާއިމ ދަނޑުވެރިންނަށް ދިމާވެފައިވާ މައްސަލަތަކަށް ދާއިމީ ހައްލު ހޯދައިދިނުމަކީ އެ ކުންފުނީގެ އަމާޒު ކަމަށް އެކުންފުނިން ބުނެފައި ވެއެވެ.

އެގްރޯނެޓުން ވަނީ ދަނޑުވެރިންނަށް ކުރިމަތިވެފައިވާ ބިމުގެ ދަތިކަމުގެ މައްސަލަ ފާހަގަ ކޮށްފައެވެ. އަދި ދަނޑުވެރިކަން ކުރުމަށް ދިގު މުއްދަތަކަށް ދަނޑުވެރިންނަށް ބިން ލިބިފައިނެތްކަން ފާހަގަ ކޮށްފައެވެ.

މިއާއެކު އެގްރޯނެޓުގެ ކޮންޓްރެކްޓް ފާމިންގް މަޝްރޫއާއެކު، ދަނޑުވެރިކަން ކުރަން ބޭނުންވާ މީހުނަށް ބިން ދޫކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ. އަދި މިގޮތަށް ބިން ދޫކުރުމުގައި އެ އަތޮޅެއްގެ ދަނޑުވެރިންނަށް އިސްކަން ދޭނެ ކަމަށް އެގްރީނެޓުން ބުނެއެވެ. އަދި އެރަށްތަކާ ކައިރި ހިސާބުތަކުގެ ރަށްތަކުގެ ރައްޔިތުންނަށް އިސްކަން ދޭނެ ކަމަށް ބުނެފައިވެއެވެ.

މިއީ ރާއްޖޭގައި ޒަމާނީ ދަނޑުވެރިކަމަށް ފުރުސަތު ހުޅުވި، ދަނޑުވެރިކަމުގެ ނަފާ ގިނަބަޔަކަށް ލިބިގެންދާނެ ކަމެއްކަމުގައި ދެކޭ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

ކޮންޓްރެކްޓް ފާމިންގް މަޝްރޫގެ ފުރަތަމަ ފިޔަވެހީގައި 45 ރަށެއްގައި ކޮންޓްރެކްޓް ފާމިންގް ތައާރަފު ކުރާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

އެގްރޯނެޓަކީ ރާއްޖޭގައި ދަނޑުވެރިކަމުގެ ސިނާއަތް ތަރައްގީކޮށް ކުރިއެރުވުމަށް މިދިޔަ އަހަރު އޭޕްރީލްމަހު އުފެއްދި ކުންފުންޏެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް