ads
ގްލާސް ނޫޑްލްސް——
ސީއެންއެމް ބަދިގެ: ގްލާސް ނޫޑުލްސް
ސީއެންއެމް ބަދިގޭގައި މިއަދު މި ހިމަނާލަނީ “ގްލާސް ނޫޑުލްސް” ތައްޔާރުކުރާނެ ގޮތެކެވެ.

ބޭނުންވާނެ ތަކެތި:

  • 1/2 ސައިސަމުސާ ހަކުރު
  • 1/4 ސައިސަމުސާ ހިކިމިރުސް އޮށް
  • 1 ސައިސަމުސާ އޮއިސްޓާ ސޯސް
  • 1 ސައިސަމުސާ ސޯޔާ ސޯސް
  • 1 ފިޔާ
  • ބޭނުންވާ ވައްތަރަކުން ތަރުކާރީ
  • ލޮނުމެދު
  • މިރުސް
  • ކެޕްސިކަމް
  • ގްލާސް ނޫޑުލްސް ޕެކެޓެއް

ތައްޔާރުކުރާނެ ގޮތް: 

ފުރަތަމަ ސޯސްގަނޑު ތައްޔާރުކޮށްލުމަށް 1/2 ސައިސަމުސާ ހަކުރު، 1/4 ސައިސަމުސާ ހިކިމިރުސް އޮށް، އެއް ސައިސަމުސާ އޮއިސްޓާ ސޯސް އަދި އެއް ސައިސަމުސާ ސޯޔާ ސޯސް ތަށްޓެއްގައި އެއްކޮށްލާށެވެ. 

ދެން ނޫޑުލްސް ތައްޔާރުކުރުމަށް އެއް ފިޔާ އަދި ބޭނުންވާ ވައްތަރަކުން ތަރުކާރީ އާއި ލޮނުމެދު ކޮށާލުމަށްފަހު ފިޔާ ރަތްކޮށްލާށެވެ. 

އެޔަށްފަހު ގްލާސް ނޫޑުލްސް ތާފަނާ ފެންކޮޅެއްގައި މަޑުކޮށްލާށެެވެ. ފަސް ވަރަކަށް މިނެޓު ތަފާނާފެނުގައި ނޫޑުލްސްތައް ބަހައްޓާލުމުން ހުންނާނީ ރަނގަޅު ވަރަކަށް މަޑުވެފައެެވެ.

ދެން އޭރު ރަތްކުރި ފިޔާކޮޅުގެ ތެރެއަށް ބިހެއް ތަޅާލާފައި ލުމަށްފަހު އެއްކޮށްލާށެވެ. އޭގެފަހުން މަޑުކުރި ނޫޑްލްސްތައް ކަތުރަކުން ކޮށާލުމަށްފަހު ފިޔާގަނޑުގެ ތެރެއަށް އަޅާލާފައި، ކުރިން ތައްޔާރުކުރި ސޯސް ކޮޅުވެސް އަޅާލާށެވެ. ދެން މައްޗަށް ކެޕްސިކަމް އަދި މިރުސްކޮޅު އެޅުމަށްފަހު ތިން ވަރަކަށް މިނެޓު މަޑު ގިނީގައި ކައްކާލުމުން ހުންނާނީ ގްލާސް ނޫޑުލްސް ތައްޔާރުވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް