ފީނަން ފޭބި މީހާ އާއި އޭނާ ސަލާމަތްކުރަން ފޭބި މީހާގެ ވެސް ހާލު ސީރިއަސްވެއްޖެ
Share
ފީނަން ފޭބިމީހަކާއި އޭނާ ސަލާމަތްކުރަން ފޭބި މީހާގެ ވެސް ހާލު ސީރިއަސް ވެގެން ފަރުވާދޭން ފަށައިފި އެވެ.
Advertisement

ސީއެންއެމްއަށް މައުލޫމާތު ދެމުން ފ. ނިލަންދޫ ކައުންސިލްގެ ނައިބު ރައީސް އަލީ މުހައްމަދު ވިދާޅުވީ، އެހާދިސާ ހިނގާފައިވަނީ ނިލަންދޫ ކައިރީގައި އޮންނަ ތިން ވަން މުލި ކިޔާ ސަރަހައްދަކަށް ބަޔަކު މަސް ހިފަން ގޮސް އުޅެނިކޮށް ކަމަށެވެ. 

އެމީހުން އެ ސަރަހައްދަށް މަސްހިފަަން ގޮސްފައިވަނީ މިއަދުގެ މެންދުރުގެ ވަގުތެއްގައެވެ. އެމީހުން މަސް ހިފަން އުުޅުނީ 25 މީޓަރު އަޑިން ކަމަށާއި، އެގޮތަށް މަސް ހިފަން އުޅުމުގެ ތެރޭގައި މަސްހިފަން ބޭނުންކުރި ދަނގަޑު މަހަކަށް ޖަހައިގެން އެ ދަނގަޑު ގޮސް ތާށިވީ ގަލެއްގައި ކަމަށް އަލީ މުހައްމަދު ވިދާޅުވިއެވެެ. 

އަދި އަޑީގައި ހަބަރު ހުސްވެފައި އޮށްވާ ފެނުނީ ދަނގަޑު ތާށިވުމުން އެ ނަގަން ދިޔަ ކުއްޖާ ކަމަށް އަލީ މުހައްމަދު ވިދާޅުވިއެވެ. ހަބަރު ހުސްވުމުން އޭނާ ކައިރީ ހެލްޕަރަށް ހުރި ކުއްޖާ އޭނާ ނަގަން ދިޔައީ ކަމަށާއި އޭނާގެ ހާލުވެސް ސީރިއަސްވީ އެޔަށްފަހު ކަމަށް ކައުންސިލުން މައުލޫމާތުދީފައިވެއެވެ. 

އެ ދެމީހުންނަށްވެސް ފަރުވާ ދިނުމަށް ވަގުތުން ގެނެވުނުއިރު، ސަލާމަތްކުރަން ފޭބި ކުއްޖާގެ ހާލު މިހާރު ރަނގަޅު ނަމަވެސް އަޑީގައި ހަބަރު ހުސްވެފައިވާ ކުއްޖާގެ ހާލު ސީރިއަސްކަމުން އޭނާ ވަނީ ވެންޓިލޭޓަރުގައި މާލެ ފޮނުވާލާފައި ކަމަށް އަލީ ވިދާޅުވިއެވެ. 

އެ ކުއްޖާ ވެންޓިލޭޓަރުގައި މާލެ ގެނެސްފައިވަނީ ހޭނާރައިގެންނެވެ.  

18%
ކަމުގޮސްފި
5%
އަޑުއެހިތާ މިހުރީ
68%
ސަތޭކައަކުން ސުމެއް
9%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް