ads
ފުލުހުންނަށް ހިންގި ތަމްރީނު ޕްރޮގުރާމުގެ ތެރެއިން---ފޮޓޯ:ފުލުހުން
ފުލުހުންނަށް އަމާޒުކޮށްގެން އިންސާނީ ވަގުފާރިއާ ގުޅޭ ތަމްރީން ޕްރޮގްރާމެއް ހިންގައިފި
ފުލުހުންނަކީ ތައުލީމީ ގާބިލް ބަޔަކަށް ހެދުމަށް ކުރަމުންދާ މަަސައްކަތްތަކުގެ ތެރެއިން އަޕާ ސައުތު ޕޮލިސް ޑިވިޒަންގައި ހިމެނޭ ގއ އަދި ގދ. އަތޮޅުގައި މަސައްކަތްކުރާ ފުލުހުންނަށް އަމާޒުކޮށްގެން ތަމްރީނު ޕްރޮގްރާމެއް ހިންގައިފިއެވެ.
ފުލުހުންނަކީ ތައުލީމީ ގާބިލް ބަޔަކަށް ހެދުމަށް ކުރަމުންދާ މަަސައްކަތްތަކުގެ ތެރެއިން އަޕާ ސައުތު ޕޮލިސް ޑިވިޒަންގައި ހިމެނޭ ގއ އަދި ގދ. އަތޮޅުގައި މަސައްކަތްކުރާ ފުލުހުންނަށް އަމާޒުކޮށްގެން ތަމްރީނު ޕްރޮގްރާމެއް ހިންގައިފިއެވެ.

ޓްރެއިނިން އޮން ޓްރެފިކިން އިން ޕާސަން’ ގެ ނަމުގައި، މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން ދެ ދުވަހުގެ މުއްދަތަށް ގއ.ވިލިނގިލީ ޔޫތު ސެންޓަރުގައި ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމުގައި ހިއުމަން ޓްރެފިކިންގެ ބާވަތްތަކާއި އެފަދަ މައްސަލަތައް ދެނެގަންނާނެ ގޮތްތަކާއި ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ.

އަދި އެފަދަ ކަންކަމުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތަކާއި އެފަދަ މައްސަލަތައް ރާއްޖޭގައި އޮތް މިންވަރާއި އެކަންކަން ހުއްޓުވުމަށް އެންމެން ގުޅިގެން މަސައްކަތްކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ.

ޕޮލިސް އެކަޑަމީން ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމުގައި މައުލޫމާތު ދީފައިވަނީ ފުލުހުންގެ އިތުރުން މޯލްޑިވްސް ކަސްޓަމްސް ސާވިސް އާއި މޯލްޑިވްސް އިމިގްރޭޝަންގައި މަސައްކަތްކުރާ މުދައްރިބުންނެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމުގައި އެ ދެ އަތޮޅުން ޖުމްލަ 24 ފުލުހުން ބައިވެރިވެފައިވެއެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް