ads
މަސާލާ ޗާއި——
ސީއެންއެމް ބަދިގެ: މަސާލާ ޗާއި
މިއަދު ސީއެންއެމް ބަދިގޭގައި މި ކިޔާލަދެނީ މަސާލާ ޗާއި ތައްޔާރުކުރާނެ ގޮތެކެވެ.

ބޭނުންވާނެ ތަކެތި:

  • 2 ޖޯޑު ފެން
  • 1 އިންޗީގެ އިނގުރުކޮޅެއް
  • 3 އިންޗީގެ ފޮނިތޮށިކޮޅެއް
  • 12 ކާފޫރުތޮޅި
  • 6 އަސޭމިރުސް ފުއް
  • ¼ ސައިސަމުސާ ނުމުގުރާހުރި ދަވިއްގަނދު
  • 3 ކަރަންފޫ
  • 3 ސައިސަމުސާ ސައިފަތް
  • 1 ޖޯޑު ދިޔާ ކިރު
  • 7 ސައިސަމުސާ ހަކުރު (ނޫނީ ބޭނުން ވަރަކަށް)

 

ތައްޔާރުކުރާނެ ގޮތް:

ފުރަތަމަ ތެއްޔަކަށް ފެނާއި، އިނގުރާއި، ފޮނިތޮށްޓާއި، ކާފޫރުތޮޅިއާއި، އަސޭމިރުހާއި، ދަވިއްގަނދާއި، ކަރަންފޫކޮޅު އަޅާށެވެ. އިނގުރުކޮޅު އަޅާނީ ތުނިކޮށް ކޮށާލާފައެވެ. ކާފޫރުތޮޅިތައް އަޅާނީ ކޮޅުން ހުޅުވާލާފައެވެ.

ދެން ތެލީގައިވާ ތަކެތި ބޮކިޖަހާ ކެކިގަންނަންދެން ކައްކާށެވެ. އެއަށްފަހު، އުނދުނުގެ ގިނި ކުޑަކޮށް މަޑުކޮށްލާފައި 15 މިނެޓެއްހާއިރު ކެކިލަން ބަހައްޓާށެވެ.

ކެކިލުމުން އުނދުން މަތިން ތެލި ބާލާފައި ތެލީގެ ތެރެއަށް ސައިފަތްކޮޅު އަޅާލާފަައި ދެ މިނެޓެއްހާއިރު ބަހައްޓާލާށެވެ. ދެން ހަކުރާއި ކިރު ތެއްޔަށް އަޅާފައި ރަނގަޅަށް އެއްކޮށްލުމަށްފަހު އަނެއްކާވެސް އުނދުން މައްޗަށް ތެލި އުދާށެވެ. 

ގިނި ބަހައްޓާނީ މެދު މިނެއްގައެވެ. އަދި މިފަހަރު ކައްކާނީ ތެލީގައިވާ ތަކެތި ހަމަ ކިރިޔާ ކެކި ގަންނަން ދެނެވެ. ކެކިގަތުމާއި އެކު އުނދުން ނިވާލާލުމަށްފަހު އުނދުންމަތިން ބާލައި ޖޯޑެއް ތެރެއަށް ސައިފޮދު ފުރާނާލާފައި ސާވް ކޮށްލާށެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް