ads
މޯލްޑިވްސް މީޑިއާ ކައުންސިލް-- ފޮޓޯ: އެމްއެމްސީ
މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު ނެގުން އަންނަ ހޮނިހިރު ދުވަހު
މޯލްޑިވްސް މީޑިއާ ކައުސިލުން ހުސްވެފައިވާ މީޑިއާގެ މަގާމަށް މެމްބަރަކު އިންތިހާބު ކުރުން އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަަޖައްސައިފިއެވެ.

ހޯމް މިނިސްޓްރީން ބުނީ މޯލްޑިވްސް މީޑިއާ ކައުންސިލުން ހުސްވެފައިވާ މީޑިއާގެ މަގާމަށް މެމްބަރަކު އިންތިހާބު ކުރުން މެއި 1، 2021 ވާ ހޮނިހިރު ދުވަހު އޮންނާނެ ކަމަށެވެ. މި އިންތިހާބުގެ ވޯޓްލުން އޮންނާނީ ހޮނިހިރު ދުވަހު ހެނދުނު 11:00 އިން 12:00 އަށް ވެލާނާގެ ތިރީގައި ކަމަށްވެސް ހޯމް މިނިސްޓްރީން މައުލޫމާތުދެއެވެ.

މި އިންތިހާބުގައި ވޯޓުލެވޭނީ ރަޖިސްޓްރީކޮށްފައިވާ ނޫސްތަކަށާއި އަދި ބްރޯޑްކާސްޓަރުންގެ ތެރެއިން ކޮންމެ މީޑިއާއެއްވެސް ތަމްސީލުކުރައްވާ އެއް ފަރާތަކަށެވެ.

މީޑިއާ ކައުންސިލް އެކުލެވިގެންވަނީ މީޑިއާގެ 8 މެންބަރުންނާއި އާންމުންގެ 7 މެންބަރުންގެ މައްޗަށެވެ. ކައުންސިލަށް ހޮވޭ މެންބަރުންގެ މުއްދަތަކީ 2 އަހަރު ދުވަހެވެ.

މީޑިއާ ކައުންސިލުގެ މައިނގަޑު މަސައްކަތަކީ މީޑިއާގެ މިނިވަންކަން ގާނޫނު ތަންދޭ ގޮތުގެމަތިން ވީހާވެސް ފުޅާދާއިރާއެއްގައި އެކަށައަޅައި އާލާކޮށް ދެމެހެއްޓުމެވެ. އަދި ޒިންމާދާރު ގޮތެއްގައި ހަރަކާތްތެރިވާ މީޑިއާއެއް ގާއިމްކޮށް، ދިވެހި މުޖުތަމައު ގަބޫލުކުރާ އަހުލާގީ އަދި ސުލޫކީ މިންގަނޑުތައް ހިފަހައްޓާ މީޑިއާއެއް ރާއްޖޭގައި ގާއިމުކޮށް ދެމެހެއްޓުމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް