ads
ދަނގެތީގައި ވަގަށް ނެގި ފަންޑު ފޮށި
ދަނގެތީ ފަންޑުފޮށި ވަގަށް ނަގައިގެން ފަސް މީހަކު ހައްޔަރުކޮށްފި
ދަނގެތީ މިސްކިތުގައި ބަހައްޓަފައި ހުރި ފަންޑުފޮށި ވަގަށް ނެގި މައްސަލާގައި ޖުމްލަ ފަސް މީހެއް ހައްޔަރު ކޮށްފައިވާ ކަމަށް ސީއެންއެމަށް މައުލޫމާތު ލިބިއްޖެއެވެ.

މި ފަސް މީހުން ވެސް ހައްޔަރު ކޮށްފައި ވަނީ ރޭގެ ވަގުތެއްގައި ކަމަށާއި، އެތަނުން ތިން މީހަކު ހައްޔަރު ކޮށްފައިވަނީ ވަލު ތެރެއިން ކަމަށް އިތުބާރު ހުރި މަސްދަރަކުން ބުނެއެވެ. ނަމަވެސް މި ތިން މީހުން ވެސް މިހާރު ދޫކޮށްލާފައިވާ ކަމަށާއި، އެމީހުން ހައްޔަރުކުރީ ވަލުތެރޭގައި އެވަގުތު ހުރުމުން ކަމަށްވެއެވެ.

ނަމަވެސް ދެންތިބި ދެމީހުން ހައްޔަރުކުރީ އެހެން ހިސާބަކުން ކަމަށާއި، އެ ދެމީހުން އަދިވެސް ދޫނުކުރާ ކަމަށްވެސް އެރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ. 

ދަނގެތީ މިސްކިތުގައި"ލޯތްބާއެކު" މި ނަމުގައި އިންޓަނޭޝަނަލް އެއިޑްސް ކެމްޕެއިނަށް ފައިސާ ހޯދުމަށް ބަހައްޓާފައި ހުރި ފޮށި ވަގަށް ނަގާފައިވަނީ ރޭގެ އިޝާ ނަމާދަށް ފަހު ތަރާވީސް ކުރަން މިސްކިތުގައި މީހުން ތިއްބައެވެ. 

ފަންޑުފޮށި ނެތްކަން އެނގުނީ ނަމާދުން ފައިބައިގެން އާދައިގެ މަތިން ކޮންމެ ރެއަކު ވެސް ފޮށި ގެންދާ މީހުން ފޮށި ގެންދިއުމަށް ބެލި އިރު އެފޮށި ނެތުމުންނެވެ. 

ފޮށި ގެއްލިގެން ހޯދާ ބެލިއިރު، އެ ފޮށި ފެނިފައިވަނީ މިސްކިތް ކައިރި ގޯއްޗެއްގެ ދޮންކެޔޮ ވަޅުގަނޑަކުންނެވެ. އޭރު އެފޮށި އޮތީ ތަޅާލާފައެވެ. 

އެފޮށީގައި 6000 ރުފިޔާ ހުންނާނެ ކަމަށް ބެލެވޭއިރު، އެ ހުރިހާ ރުފިޔާއެއް ވަނީ ވަގަށް ނަގާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް