ads
މެމްބަރު އާދަމް ޝަރީފް އުމަރު-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ބާރު ލިބުމުން ކޮންމެ ބަޔަކުވެސް ދަނީ ކޮރަޕްޝަންގެ މަގުން: އާދަމް ޝަރީފް
ބާރެއް ލިބުމުން ކޮންމެ ބަޔަކުވެސް މަސައްކަތް ކުރަނީ ކޮރަޕްޝަންގެ މަގުން ކުރިއަށް ދިއުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް ވިދާޅުވެއްޖެއެެވެ.

ޕޭމަންޓް ސިސްޓަމާއި އަދި ޕޭމަންޓް ހިދުމަތް ދިނުން އަވަސްކުރުމާ ބެހޭގޮތުން މިއަދުގެ މަޖިލީހުގެ ޖަލްސައަށް ހުށަހެޅި ބިލަށް ބަހުސް ކުރައްވަމުން އާދަމް ޝަރީފް ވިދާޅުވީ، ރާއްޖޭގެ ވިޔަފާރިތަކާއި ދަތުރުފަތުގެ ނިޒާމު ހަރުދަނާ ކުރުމުގައި އައިޓީގެ ދާއިރާއިން ދިވެހި ޒުވާނުން ބޭނުންކުރަންޖެހޭ ކަމަށެވެ.

ނަމަވެސް ރާއްޖެ ދިވެހިންނަށް ހުޅުވާލުމުގެ ބަދަލުގައި ބޮޑެތި ވިޔަފާރިތަކާއި މަޝްރޫއުތަށް ހިންގަންޖެހޭ ކޮންމެ ފަހަރަކު، އެކަންކަން ބޭރުގެ ކުންފުނިތަކާ ހަވާލުކުރާތީ ކަންބޮޑުވުން ފާޅުކުރައްވައި އާދަމް ޝަރީފް ވިދާޅުވީ، އޭގެ ސަބަބުން ކޮރަޕްޝަނަށް މަގުފަހިވާ ކަމަށެވެ.

ވިޔަފާރީގެ ދާއިރާގައި ކޮރަޕްޝަންގެ މުއާމަލާތްތައް ގިނަކަން ފާހަގަކުރައްވައި އާދަމް ޝަރީފް އިތުރަށް ވިދާޅުވީ، އައިޓީގެ ބޭނުންކޮށްގެން ދެފުށް ފެންނާނެ ގޮތަކަށް އޮޅުވާލުން ނުހިންގޭނެ ގޮތަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އަދި ބޭރުގެ ފަރާތްތައް ޝާމިލްކުރުމުގެ ބަދަލުގައި ދިވެހި ޒުވާނުންނަށް ފުރުސަތު ދޭންޖެހޭ ކަމަށެވެ.

"އެހެންނަމަވެސް އިއްޒަތްތެރި ރައީސް، ކަންބޮޑުވޭ އަޅުގަނޑުމެންނަށް މިކަންކަމުގަ އެންމެ ރަނގަޅަކަށްނޫން އަޅުގަނޑުމެންނަށް މަސައްކަތް ކުރެވިގެން ދަނީކީ. ކޮންމެ ބަޔަކަށްވެސް ބާރެއް ލިބުނީމަ މި މަސައްކަތް ކުރެވެނީ ހަމަ ކޮރަޕްޝަންގެ މަގުން ކުރިއަށްދާން." އާދަމް ޝަރީފް ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްޗަށްވެސް އަލިއަޅުވާލައި، އާދަމް ޝަރީފް ވަނީ ވިސްނާ ފިކުރުކޮށް އެކަންކަން ކޮރަޕްޝަންގެ މަގުން ނުދާނެހެން ކަންކަން ކުރުމަށް ގޮވާލާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް