ads
މިސްކިތުން ފައިވާން ނެގި މައްސަލައިގާ ހޯދާ މީހުން
މިސްކިތައް އެރި މީހެއްގެ ބޫޓު ވަގަށްނެގި ބަޔަކު ހޯދަނީ
އިއްޔެ އިސްލާމީ މަރުކަޒަށް ނަމާދަށް އެރި މީހެއްގެ ބޫޓު ވަގަށް ނެގި ބަޔަކު ހޯދަން ފުލުހުން އިއުލާނު ކޮށްފިއެވެ.

މި މައްސަލައިގައި ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަމުންދަނީ ދެ މީހުންނެވެ.

އަދި މިއިން އެއްވެސް ފަރާތެއްގެ މައުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅާ މިމައްސަލައިގެ އިންސިޑެންޓް ނަންބަރު ވިދާޅުވެ، އެމައުލޫމާތެއް ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ. މި މައްސަލައިގެ އިންސިޑެންޓް ނަންބަރެއްގެ ގޮތުގައި ފުލުހުން ހިއްސާ ކޮށްފައިވަނީ 482691 މި ނަންބަރެވެ. 

އަދި މިފަދަ މައްސަލަ ތަކުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް އެކަމަށް ޝުކުރު އަދާކޮށްފައި ވެއެވެ. 

މިސްކިތްތަކުން ފައިވާނާއި އެހެނިހެން ތަކެރި ނެގުން މިއީ މަދުން ނަމަވެސް ރާއްޖޭގައި ހިނގާ ކަމެކެވެ. އެގޮތުން ރޭގެ ވަގުތެއްގައި އދ.ދަނގެތީގައި މިސްކިތުގައި ހުރި ފަންޑު ފޮށްޓެއްވެސް ވަނީ ވަގަށް ނަގާފައެވެ. 

މިފަދަ މައްސަލަތައް ހައްލު ކުރުމަށް ފުލުހުންގެ އާ އޮނިގަނޑުގެ ދަށުންދަނީ ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މުޖްތަމައާ ގުޅިގެން ކުރިއަށް ގެންދަން ފަށާފައިވާ ނެއިބާހޫޑް ޕޮލިސިން ފާހަގަ ކުރެވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް