ads
ބްރޯޑްކޮމް އިދާރާ-- ފޮޓޯ: ރާއްޖެ އެމްވީ
ބޮރޯޑްކޮމްގެ ހިދުމަތްތަކަށް "ބަނޑޭރި ޕޭ" މެދުވެރިކޮށް ފީ ދެއްކޭނެ
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމްގެ) އެކި އެކި ހިދުމަތްތަކަށް ދައްކަންޖެހޭ ފީ "ބަނޑޭރި ޕޭ" ޕޯޓަލް މެދުވެރިކޮށް ދައްކަންޖެހޭ ގޮތަށް ހަމަޖައްސައިފި އެވެ.

ބްރޯޑްކޮމް އިން ބުނީ އެ އިދާރާއިން ދޫކޮށްފައިވާ ބްރޯޑްކާސްޓިންގ އާއި ރީބްރޯޑްކާސްޓިންގ އަދި ފްރީކުއެންސީ ލައިސަންސްތަކުގެ އަހަރީ ފީ އާއި އހެެނިހެން ފައިސާގެ މުއާމަލާތްތައް އޮންލައިން ޓަރާންސެކްޝަން ޕޯޓަލް އެއް ކަމަށްވާ، "ބަނޑޭރި ޕޭ" މެދުވެރިކޮށް ދެއްކުމުގެ އިންތިޒާމު މިހާރު ހަމަޖެހިފައިވާ ކަމަށެވެ.

އެހެންކަމުން މިއަދުން ފެށިގެން "ބަނޑޭރި ޕޭ" ޕޯޓަލް މެދުވެރިކޮށް ނޫން ގޮތަކަށް ބްރޯޑްކޮމް އަށް ދަށްކަންޖެހޭ އެއްވެސް ފައިސާއެއް ބަލައި ނުގަންނާނެ ކަމަށްވެސް އެ އިދާރާއިން ވަނީ ބުނެފައެވެ. 

"ބަނޑޭރި ޕޭ" އަކީ އެކި ފަރާތްތަކުން ދައުލަތުގެ އޮފީސްތަކަށް ދައްކަންޖެހޭ ފައިސާ އޮންލައިންކޮށް ދެއްކުމަށް ބޭނުންކުރާ ޕޯޓަލްއެކެވެ. އެ ޕޯޓަލް އަކީ ދައުލަތަށް ދައްކަންޖެހޭ ފައިސާ ރައްކާތެރިކަމާއިއެކު، ފަސޭހައިން އަދި އަވަހަށް ދެއްކުމާއި ދެއްކުމަށް ހިމަނާފައިވާ ބާވަތުގެ ފައިސާ، ދައުލަތުގެ އޮފީސްތަކުގެ ކައުންޓަރުތަކަށް ނުގޮސް، ކިއުގައި ނުޖެހި އޮންލައިންކޮށް ދެއްކުމަށް މަގުފަހިވެގެން ދާނެ ގޮތަކަށް ފަރުމާކުރެވިފައިވާ ޕޯޓަލް އެކެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް