ads
ޑރ. މުއިއްޒު ---
ރައްޔިތުންގެ މަޝްވަރާނެތި ގަވައިދު އިސްލާހުނުކުރުމަށް މުއިއްޒު އެދިވަޑައިގެންފި
މާލެ ސިޓީގެ ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ނެތި، އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ނުގެނައުމަށް މާލެ ސިޓީގެ އިންތިހާބީ މޭޔަރު ޑރ.މުހައްމަދު މުއިއްޒު އެދިވަޑައިގެންފި އެވެ.

މުއިއްޒު މިހެން ވިދާޅުވީ، އިންޖީނުލީ އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރަން ހުށަހަޅާއިރު ގަރާޖު ސިޓީއެއް ހުށަހަޅަން ނުޖެހޭ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ގެންނަން ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީއިން ފާސްކުރުމާއި ގުޅިގެންނެވެ.

މާލެ ސިޓީގެ މަގުތައް މައްޗަށް ވެހިކަލްތައް އިތުރުވާނެ ގޮތަކަށް އެއްވެސް ގާނޫނެއް ނުވަތަ ގަވައިދެއް އިސްލާހު ކުރަންވާނީ ރައްޔިތުންގެ މަޝްވަރާގެ މަތިން ކަަމަށް ޑރ.މުއިއްޒު ވަނީ ފާހަގަ ކުރައްވާފައެވެ. އަދި މިއީ މާލެ ސިޓީގެ ރައްޔިތުންގެ ހައްގުގައި އެދޭ ކަމެއް ކަމަށް ޑރ.މުއިއްޒު ވިދާޅުވިއެވެ.

ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީއިންވަނީ ރާއްޖޭގައި އިންޖީނުލީ އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރުމުގައި އަމިއްލަ ފަރާތެއްގެ ގަރާޖެއްގައި ނުވަތަ އަމިއްލަ ފަރާތެއްގެ އެނޫންވެސް ތަނެއްގައި ނުވަތަ ބިމެއްގައި އެ އުޅަނދު ބޭއްވުން ލާޒިމް ނޫން ކަމަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ގެންނަން ފާސްކޮށްފައެވެ. އަދި އެ އިސްލާހުގައި ގާރާޖެއްގައި އެ އުނޅަދު ބޭއްވުން ލާޒިމް ނޫން ކަމަށް ވަނީ ބުނެފައެވެ. 

މި އިސްލާހު ގެނައުމުގެ ބޭނުމަކީ ބައެއް ފަރާތްތަކުން ބޮޑު އަގުގައި ގަރާޖު ސިޓީ ވިއްކާ މައްސަލާގައި ދައުލަތަށް ފައިދާ ނުވެ އަދި ރައްޔިތުންނަށް ވެސް ބޮޑެތި ގެއްލުންވަމުން ދާތީ އެކަން ހައްލު ކުރުން ކަމަށް ކޮމިޓީގެ ރިޕޯޓުގައި ފާހަގަ ކޮށްފައިވެއެވެ. 

މަޖިލީހަށް މި އިސްލާހު ހުށަހަޅާފައިވަނީ، ނޮޅިވަރަމް ދާއިރާ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
75%
ވަރަށް ސަލާމް
ކޮމެންޓްސް