ads
އަކްޝޭ---
"ބޫލް ބުލައްޔާ" ގެ ދެވަނަ ބައިން އަކްޝޭ ނުފެންނާނެ
ބޮލީވުޑުގެ ކާމިޔާބު ފިލްމު "ބޫލް ބުލައްޔާ" ގެ ދެވަނަ ބައިގައި އަކްޝޭ ކުމާރު ނުފެންނާނެ ކަމަށް ފިލްމުގެ ޑައިރެކްޓަރު އަނީސް ބަޒްމީ ކަށަވަރުކޮށްދީފިއެވެ.
ބޮލީވުޑުގެ ކާމިޔާބު ފިލްމު "ބޫލް ބުލައްޔާ" ގެ ދެވަނަ ބައިގައި އަކްޝޭ ކުމާރު ނުފެންނާނެ ކަމަށް ފިލްމުގެ ޑައިރެކްޓަރު އަނީސް ބަޒްމީ ކަށަވަރުކޮށްދީފިއެވެ.

"ބޫލް ބުލައްޔާ" އަކީ 2007 ވަނަ އަހަރު ނެރުނު ކާމިޔާބު ފިލްމެކެވެ. ލީޑު ރޯލުން ފިލްމުގައި ފެނިގެންދިޔައީ އަކްޝޭ ކުމާރާއި ވިދްޔާ ބާލަން އެވެ. ފިލްމުގެ ދެވަނަ ބައެއް ހަދުމުގެ މަސައްކަތް މިހާރު ފަށާފައިވާއިރު ދެވަނަ ބައިގައި ލީޑު ރޯލުން ފެނިގެންދަނީ ކާތިކް އާރިޔަން އާއި ކިއާރާ އަދްވާނީ އެވެ.

ގިނަ ބައެއްގެ ހިތުގައި އުފެދިފައިވާ ސުވާލަކީ ފިލްމުގެ ކޮންމެސް ހިސާބަކުން އަކްޝޭ ފެންނާނެތޯ ނުވަތަ ނޫންތޯއެވެ. އެސުވާލުގެ ޖަވާބު މިހާރު އަނީސް ދީފައިވާއިރު އޭނާ ބުނީ އަކްޝޭ ފިލްމުގައި ނުފެންނާނެ ކަމަށެވެ. އަދި އެއީ ތަފާތު ކާސްޓުންނާއިއެކު ކުޅޭ ތަފާތު ފިލްމެއް ކަމަށް ވެސް އަނީސް ވަނީ ބުނެފައެވެ.

ފިލްމަށް ކާތިކް ތައްޔާރުވަމުން ދާއިރު، މިމަހުގެ ތެރޭގައި ޝޫޓިން ފަށާނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ. ފިލްމުގެ ބަތަލާ ކިއާރާ އަދްވާނީ ޝޫޓިންގައި ބައިވެރިވާނީ ފަހުންނެވެ.

އެގޮތުން ރިޕޯޓުތައް ބުނާ ގޮތުން ކިއާރާ ޝޫޓިންއާ ގުޅުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ކުރީކޮޅުގަ އެވެ. އަންނަ މާޗު މަހުގެ ކުރިން ފިލްމުގެ މަސައްކަތް ނިމޭނެ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ. ފިލްމު ނެރެނުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރު ތެރޭގައެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް