ads
އިހްތިޖާޖް ހުއްޓުވަން ފުލުުހުން ހަރަކާތްތެރިވަނީ
އިދިކޮޅުން "ދޭތިން އެކައްޗަށް" ކުރަމުންދާ އިހްތިޖާޖް ހުއްޓުވަން ފުލުހުން ނިކުމެއްޖެ
އިދިކޮޅުން "ދޭތިން އެކައްޗަށް" ކުރަމުންދާ އިހްތިޖާޖް ހުއްޓުވަން ފުލުހުން ނިކުމެއްޖެ އެވެ.

"ދޭތިން އެކައްޗަށް" ނަމުގައި މިރޭ އިދިކޮޅުން މަގުމަތީ އިހްތިޖާޖް ފަށާފައިވަނީ 21:30 ގައެވެ. ޕީޕީއެމް އޮފީސް ސަރަހައްދުން އިދިކޮޅުން ފެށި މި އިހްތިޖާޖް ހުއްޓުވުމަށް ގިނަ އަދަދެއްގެ އެސްއޯ ފުލުހުން މިހާރު އެ ސަރަހައްދުގައި ދަނީ ހަރަކާތްތެރިވަމުންނެވެ. 

މި އިހްތިޖާޖުން އެއްވެސް މީހަކު މިހާތަނަށް ހައްޔަރުކޮށްފައިވާ ކަމުގެ މައުލޫމާތެއް އަދި ނުލިބެއެވެ. އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން މިމަހުގެ 24ވަނަ ދުވަހުވެސް ވަނީ މުޒާހަރާކޮށްފައެވެ. އެ މުޒާހަރާ ރޫޅާލުމަށް ފުލުހުން އެރޭ ޕެޕާސްޕްރޭ ބޭނުން ކުރި ކަމަށާއި، ޕީޕީއެމް އޮފީހަށް ވަދެ ބައެއް މީހުންނަށް އަނިޔާ ކުރުމުން، އެކަކުގެ ނޭފަތް ފަޅައިގެންގޮސް، ބައެއް މީހުންގެ ގައިން ލޭއައިސްފައިވާ ކަމަށް ހީނާ ވަނީ ވިދާޅުވެފައެެވެ.  

އެ އެރޭ އަނިޔާވި ފަސް މީހަކު އޭޑީކޭއަށް އަދި ފަސް މީހަކު އައިޖީއެމްއެޗަށް ފޮނުވާލާފައިވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް