ads
ދަގެތި ފުލުހުންގެ އިދާރާ ދޮށަށް މީހުން އެއްވެފައި——
ކުޑަކުއްޖަކަށް ޖިންސީގޯނާ ކުރި ބިދޭސީއަކު ހައްޔަރުކޮށްފި
އުތުރުގެ ރަށެއްގައި ކުޑައަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.

މިކަން ކަށަވަރުކޮށްދެމުން ފުލުހުން ސީއެންއެމްއަށް ބުނެފައިވަނީ، ކުޑަކުއްޖަކަށް ޖިންސީގޯނާކުރި މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައިވަނީ ހޯމަ ދުވަހުގެ ރޭ 10:15ހާއިރު ކަމަށެވެ.

އެ މައްސަލައާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 33 އަހަރުގެ ބިދޭސީއަކު މިއަދު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. އިތުރު ތަފްސީލެއް ހާމައެއް ނުކުރެއެވެ.

 ރޭ ފެންމަތިވި އެ މައްސަލާގައި ދަންވަރު އެ ބިދޭސީ މީހާ ފުލުުހުންގެ ބެލުުމުގެ ދަށުގައި ހުއްޓާ ރަށުގެ އާއްމު ރައްޔިތުންތަކެއް އޭނާއަށް ހަމަލާވެސް ދީފައިވެއެވެ. ހަމަލާދިން މައްސަލާގައި ޒުވާނުންތަކެއް ހައްޔަރުކުރުމަށް ކޯޓު އަމުރެއް ނެގުމަށް އެ ރަށު ފުލުހުން އުޅުމުން އެ ރަށުގެ ފުލުހުންގެ އިދާރާތެރެއަށް އާއްމުންވެސް ވަދެފައިވާކަަމަށް ވަނީ މައުލޫމާތު ލިބިފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް