ads
އިހްތިޖާޖް ހުއްޓުވަން ފުލުުހުން ހަރަކާތްތެރިވަނީ
"ދޭތިން އެކައްޗަށް" އިހްތިޖާޖް: 9 މީހަކު ހައްޔަރުކޮށްފި
އިދިކޮޅުން "ދޭތިން އެކައްޗަށް" އަންގާރަ ދުވަހު ބޭއްވި އިހްތިޖާޖުން ނުވަ މީހަކު ހައްޔަރުކޮށްފި އެވެ.

"ދޭތިން އެކައްޗަށް" ނަމުގައި އިދިކޮޅުން މަގުމަތީ އިހްތިޖާޖް ފަށާފައިވަނީ އަންގާރަ ދުވަހުގެ ރޭ 21:30 ގައެވެ. ޕީޕީއެމް އޮފީސް ސަރަހައްދުން އިދިކޮޅުން ފެށި މި އިހްތިޖާޖް ހުއްޓުވުމަށް ގިނަ އަދަދެއްގެ އެސްއޯ ފުލުހުން އެ ސަރަހައްދުގައި ވަނީ ހަރަކާތްތެރިވެފައެވެ. 

އެ އިހުތިޖާޖުން ނުވަ މީހަކު ހައްޔަރުކޮށްފައިވާއިރު އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން މިމަހުގެ 24ވަނަ ދުވަހުވެސް ވަނީ މުޒާހަރާކޮށްފައެވެ. އެ މުޒާހަރާ ރޫޅާލުމަށް ފުލުހުން އެރޭ ޕެޕާސްޕްރޭ ބޭނުން ކުރި ކަމަށާއި، ޕީޕީއެމް އޮފީހަށް ވަދެ ބައެއް މީހުންނަށް އަނިޔާ ކުރުމުން، އެކަކުގެ ނޭފަތް ފަޅައިގެންގޮސް، ބައެއް މީހުންގެ ގައިން ލޭއައިސްފައިވާ ކަމަށް ހީނާ ވަނީ ވިދާޅުވެފައެެވެ.  

އެ އެރޭ އަނިޔާވި ފަސް މީހަކު އޭޑީކޭއަށް އަދި ފަސް މީހަކު އައިޖީއެމްއެޗަށް ފޮނުވާލާފައިވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް