ads
އޯރިއޯ ކޮމްބޯ——ފޮޓޯ:ސީއެންއެމް
ސީއެންއެމް ބަދިގެ: “އޯރިއޯ ކޮމްބޯ”އެއް މާ ސަޅިވާނެ!
ސީއެންއެމް ބަދިގޭގައި މިއަދު މި ކިޔާލަދެނީ “އޯރިއޯ ކޮމްބޯ” މި ބުއިން ގޭގައި ތައްޔާރުކޮށްލެވޭނެ ގޮތެކެވެ.

މިއީ ދުނިޔޭގެ އެކި ސަރަހައްދުތަކުގައި މަޝްހޫރު ބުއިމެކެވެ. އަދި ވަރަށް މަދު ބާވަތްތަކަކުން ފަސޭހައިން ތައްޔާރުކޮށްލެވިދާނެ މީރު ބުއިމެކެވެ. މި ރޯދަމަހު ސުފުރާ މައްޗަށް ލާ ބުއިންތަކުގެ ލިސްޓަށް އޮތުރުކޮށްލަން “އޯރިއޯ ކޮމްބޯ”ސަޅިވާނެއެވެ.

ބޭނުންވާނެ ތަކެތި: 

  • ކުޑަ އޯރިއޯ ޕެކެޓެެއް 
  • އެއް ޖޯޑު މިލްކު ޕެކެޓެއް
  • ވިޕް ކްރީމް

ތައްޔާރުކުރާނެ ގޮތް:

މި ކިޔާދެނީ މީގެ އެންމެ ޖޯޑެއް ތައްޔާރުކުރާނެ ގޮތެވެ. ތަކެތި އަޅާމިންވަރު މިނާނީ އެމީހަކު މި ބުއިން ތައްޔާރުކުރަން ބޭނުންވާ މިންވަރަކުންނެވެ. އެންމެ ފުރަތަމަ މިލްކް އަދި އޯރިއޯ ތެއްޔެެއްގައި ކައްކާލާށެެވެ. ކައްކާ ނިމުމުން އުނދުން ނިއްވާލުމަށްފަހު އޭގެ ތެރެއަށް އަދި އެއްޖޯޑު މިލްކް އެޅުމަށްފަހު ރަނގަޅަށް ސަމުސަލަކުން ގިރާލާށެވެ.

ދެން ކެއްކި އޯރިއޯ މިކްސް ކޮޅު ފުރާނާލާާށެވެ. ސާވް ކުރުމުގެ ކުރިން ޖޯޑަކަށް ބައިކުޅަބައި ޗޮކްލެޓް ސިރަޕްކޮޅެއް އަޅާލުމަށްފަހު ފުރޭނި އޯރިއޯ މިކްސް ކޮޅު އަޅާލާށެވެ. ދެން އޭގެ މައްޗަށް ވިޕް ކުރީމް އެޅުމަށްފަހު އޯރިއޯ ފުޑުކޮޅެއްވެސް އަޅާލާށެވެ. 

މިހާރު ތިހުރީ “އޯރިއޯ ކޮމްބޯ” ތައްޔާރުވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް