ads
ރިއަލް މެޑްރިޑް- ޗެލްސީ މެޗުގެ ތެރެއިން
ޗެމްޕިއަންސް ލީގު: ރިއާލްއާ ޗެލްސީގެ ސެމީ އެއްވަރު
ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގެ، ފުރަތަމަ ލެގުގައި ސްޕެއިންގެ ރިއާލް މެޑްރިޑާ، އިންގްލަންޑްގެ ޗެލްސީ ކުޅުނު މެޗު އެއްވަރު ވެއްޖެއެވެ. ރިއަލް މެޑްރިޑްގެ ހޯމް މެޗު އެއްވަރުވީ އަންގާރަ ދުވަހުގެ ރޭ އެއް ލަނޑު އެއް ލަނޑުންނެވެ.

މި ސީޒަންގައި ޗެމްޕިއަންސް ލީގުގެ އެންމެ މެޗަކުވެސް އަދި ބަލިނުވާ ޗެލްސީއަށް ބުދަ ދުވަހުގެ ރޭ ކުޅުނު މެޗުގައި ފުރަތަމަ ލަނޑު ޖަހައިދީ މެޗުގެ ކުރި ހޯދައިދިނީ މެޗުގެ ކުރީކޮޅުގައި ކްރިސްޓިއަން ޕުލިސިޗްއެވެ. ރިއަލް މެޑްރިޑަށް ނަތީޖާ ހަމަހަމަކޮށްދިނީ، ކަރިމް ބެންޒެމާއެވެ. މި ލަނޑުވެސް މިއީ މެޗުގެ ފުރަތަމަ ހާފުގެ ތެރޭގައި ޖެހި ލަނޑެކެވެ.

ޗެމްޕިއަންސް ލީގުގެ ފައިނަލުގައި އެއް ކޮޅުން ކުޅޭނެ ޓީމެއް ކަނޑައެޅޭނީ އަންނަ ހަފުތާގައި މި ދެ ޓީމު ކުޅޭ ސެމީ ފައިނަލްގެ ދެވަނަ ލެގުންނެވެ. ލަންޑަންގައި ކުޅޭ މި މެޗާއި އެކު ދެ މެޗުގެ އެގްރިގޭޓުން މޮޅުވާ ޓީމެއް ފައިނަލްގައި ވާދަކުރާނީ މެންޗެސްޓަރ ސިޓީއާ ޕީއެސްޖީ ކުޅޭ މެޗުން މޮޅުވާ ބަޔަކާއެވެ. ސިޓީއާ ޕީއެސްޖީގެ ފުރަތަމަ މެޗު އޮންނާނީ މިރެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް