ads
ގޭސް ފުޅި ވަގަށް ނެގި ދެ މީހުން
ގެއަކުން ވައްކަން ކުރި ދެ މީހުން ހޯދަނީ
ގެއަކުން ގޭސް ފުޅިއެއް ވަގަށް ނެގި މައްސަލައަކާ ގުޅިގެން ދެ މީހަކުން ހޯދަން ފުލުހުން އިއުލާނުކޮށްފިއެވެ.

އޭޕްރީލް މަހުގެ 7 ވަނަ ދުވަހުގެ ވަގުތެއްގައި ހޭންވެރު ގެއަކުން ގޭސް ފުޅިއެއް ވަގަށް ނަގާފައިވާ މައްސަލައަކާ ގުޅިގެން ދެ މީހަކު ހޯދާ ކަމަށް ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ބުނެއެވެ.

މިމައްސަލައިގެ އިންސިޓެންޑް ނަންބަރަކީ 483877 ކަން ހާމަކޮށް ފުލުހުން ބުނީ އެ ދެމީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި އެމައުލޫމާތެއް ހިއްސާކުރެއްވުން އެދެމެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް