ads
ބޮންޑޭ
ގަރާޖް ސިޓީ ބިލުގައި އޮތީ ސަރުކާރު ފެއިލް ވެފައިވާ ވާހަކަ: ބޮންޑާ
އިންޖީނުލީ އެއްގަމު އުޅަނދު ރެޖިސްޓްރީ ކުރަން ހުށަހަޅާއިރު ގަރާޖު ސިޓީއެއް ހުށަހަޅަން ނުޖެހޭ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ގެންނަ ބިލުގައި އޮތީ ސަރުކާރު ފެއިލް ވެފައިވާ ވާހަކަ ކަަމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑާ) ވިދާޅުވެއްޖެ އެވެ.

ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީއިން ގާނޫނު އިސްލާހު ކުރިއިރު ބުނެފައިވަނީ ރާއްޖޭގައި އިންޖީނުލީ އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރުމުގައި އަމިއްލަ ފަރާތެއްގެ ގަރާޖެއްގައި ނުވަތަ އަމިއްލަ ފަރާތެއްގެ އެނޫންވެސް ތަނެއްގައި ނުވަތަ ބިމެއްގައި އެ އުޅަނދު ބޭއްވުން ލާޒިމް ނޫން ކަމަށެވެ.  

ނޮޅިވަރަމް ދާއިރާ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ ހުށަހެޅުއްވި އެ އިސްލާހު ކޮމެޓީން ފާސްކޮށް މަޖިލީހަށް ފޮނުވާފައިވާއިރު މިއަދު މަޖިލީހުގައި އެ ރިޕޯޓަށް ބަހުސްކުރަން ހުޅުވާލި ފުރުސަތުގައި އިބްރާހިމް ރަޝީދު ވިދާޅުވީ، އެ އިސްލާހުގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ، ރާއްޖޭގައި ކޮރަޕްޝަނާއި ފަސާދައިގެ އަމަލުތައް ހިންގާ އިދާރާތައް ނުބެލެހެއްޓޭތީ އަދި ސަރުކާރަށް އެކަންކަން ނުބެލި ގަރާޖް ސިޓީ ވިއްކި މީހުންނަށް އެކަންކަން ނުބެލޭތީ މިކަމުގައި އޮތް ހައްލަކީ ގަރާޖު ސިޓީ ނެތި ދަފުތަރެއް ހަދާދޭށޭ ކަމަށެވެ. 

އަދި އެވާހަކަ ދައްކާ ހުރިހާ ފަރާތްތަކަކީ ގަރާޖް ސިޓީ ނުލިބިގެން އުޅޭ ފަރާތްތަކެއްކަން ފާހަގަކުރައްވަމުން ބޮންޑޭ ވިދާޅުވީ، އެކަމާއި ގުޅޭގޮތުން މާލޭ ރައްޔިތެއް ކައިރީ "ހޭ" ވެސް އަހާލާފައިނުވާ ކަމަށެވެ.

"ލަދުގަންނަންޖެހޭ މިއަދު ސަރުކާރުން ފޮނުވި ބިލެއް ނޫން. އިދިކޮޅު ފަރާތްތަކުގެ ބިލެއް. މި ބިލަކީ ނޮޅިވަރަމް ދާއިރާގެ މެންބަރު ހުށަހަޅާފައިއޮތީ ސަރުކާރު ފެއިލް ވެއްޖޭ ބުނެފަ މެންބަރުން ވިދާޅުވެބަލަ އެ ބިލު ރަންގަޅަށް. އެބިލުގައި އޮތީ ސަރުކާރު ފެއިލުވެއްޖޭ. ސަރުކާރަށް ކޮރަޕްޝަނެއް ނުބެލުނޭ އެއިބާރާތުން ބުނެފަ އޮތީ ވައްކަން ކުރާތީވެ ވައްކަން ތަހުގީގުކުރަން އެ މައްސަލަ ބަަލަން އަޅުގަނޑުމެން މިތަނަށް އައީ" އިބްރާހިމް ރަޝީދު ވިދާޅުވިއެވެ. 

ބޮންޑޭ ވިދާޅުވީ އެފަދަ ބޮޑު އިސްލާހެއް ގެންނައިރު މާލޭ ރައްޔިތުންކައިރީ އަހަންޖެހޭނެ ކަމަށެވެ. އެހެންނަަމަވެސް އެ ދަފުތަރު އުފައްދަން ނިންމާފައިއޮތީ މާލޭ ރައްޔިތުން ކައިރީ އަހާވެސް ނުލާކަމަށެވެ. 

ބޮންޑޭ އިތުރަށް ވިދާޅުވީ އެ ބިލަށް މަޖިލީހުން ރުހުންދީފިނަމަ މަޖިލީހުގައި ހިމެނީ 65 މެންބަރުން ފެެއިލްވީކަަމަށެވެ. 

މިއަދުގެ ޖަލްސާގެ ތަޅުމުގައި މިކަމަށް މެންބަރުން ބަހުސް ކުރިނަމަވެސް ކޮމެޓީން ގަރާޖް ސިޓީން އުވާލަން ފާސްކުރި ރިޕޯޓަށް ވޯޓަށް އަހާފައެއް ނުވެއެވެ. 

އެ އިސްލާހުގައި ގަރާޖުގައި އުޅަދު ބޭއްވުން ލާޒިމް ނޫން ކަމަށް ބުނެފައިވާއިރު، އެ އިސްލާހު ގެނައުމުގެ ބޭނުމަކީ ބައެއް ފަރާތްތަކުން ބޮޑު އަގުގައި ގަރާޖު ސިޓީ ވިއްކާ މައްސަލާގައި ދައުލަތަށް ފައިދާ ނުވެ އަދި ރައްޔިތުންނަށް ވެސް ބޮޑެތި ގެއްލުންވަމުން ދާތީ އެކަން ހައްލު ކުރުމުގެ ބޭނުމުގައި ކަމަށް ކޮމިޓީގެ ރިޕޯޓުގައިވަނީ ފާހަގަ ކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް