ads
މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ)-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ގަރާޖް ސިޓީ ވިއްކި މީހުންތިބީ ސަރުކާރުގެ ވުޒާރާތަކުގައި: ބޮންޑޭ
ގަރާޖް ސިޓީ ވިއްކި މީހުން ތިބީ ސަރުކާރުގެ ވުޒާރާތަކުގައި ކަމަށާއި އެމީހުން ހިފާ ހައްޔަރުކުރުމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި އިންޖީނުލީ އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރުމުގައި އަމިއްލަ ފަރާތެއްގެ ގަރާޖެއްގައި ނުވަތަ އަމިއްލަ ފަރާތެއްގެ އެނޫންވެސް ތަނެއްގައި ނުވަތަ ބިމެއްގައި އެ އުޅަނދު ބޭއްވުން ލާޒިމް ނޫން ކަމަށް ނިންމާ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީއިން ގާނޫނު އިސްލާހުކުރަން ފާސްކުރި ރިޕޯޓަށް ބަހުސްކުރައްވަމުން ބޮންޑޭ ވިދާޅުވީ އެ ބިލު ފާސްކުރަން ވޯޓުދީފިނަމަ އެމްޑީޕީގެ 65 މެންބަރުން ފެއިލްވީ ކަމަށެވެ. 

ކޮރަޕްޝަނުގެ ތެރެއިން ގަރާޖު ވިއްކި މީހުން އެގޭކަން ފާހަގަކުރަމުން ބޮންޑޭ ވިދާޅުވީ، އެފައިސާދިޔަތަންތަން ސަރުކާރަށްވެސް އިގޭކަމަށެވެ. އެގޮތުން ސިޓީ ގަރާޖު ވިއްކި މީހުންތިބީ ސަރުކާރުގެ ވުޒާރާތަކުގައި ކަމަށާއި އެމީހުން ހައްޔަރުކުރުމަށް ބޮންޑޭ ވަނީ ގޮވާލާފައެވެ. 

"ގަރާޖު ސިޓީ ވިއްކި މީހުން އެގޭ. ސަރުކާރުގެ ވުޒާރާތަކުގައި ތިބީ. އެ ފައިސާ ދަތުރުކުރިގޮތް އިގޭ އެމީހުން ހައްޔަރުކޮށްބަލަ އިއްޒަތްތެރި ރައީސް. ހައްޔަރު ކުރީމަ މައްސަަލަ. ވައްކަން ކުރާތީވެ ދެން އޮތް ހައްލަކީ އެ ވައްކަންތައް ނުބަލާ ގަރާޖުސިޓީތައް ދޫކުރުމަށް ދަފުތަރެއް އުފެއްދަން. ލަދުގަންނަންޖެހޭ އިއްޒަތްތެރި ރައީސް. އަޅުގަނޑުމެން މިއަށް ވޯޓުދީފިނަމަ ފައިލުވީ އެއްކޮށް ފެއިލްވީ، 65 މެންބަރުން ފެއިލްވީ، ގެޔަށްދާންވީ" ބޮންޑޭ ވިދާޅުވިއެވެ.

ބޮންޑޭ ވިދާޅުވީ އެ ބިލަކީ އިދިކޮޅުން ފޮނުވި އެއްޗެއްކަމަށާއި އެ ބިލު ފޮނުވާފައިވެސް އޮތީ މާލޭ ރައްޔިތުންކައިރީ އަހާވެސް ނުލާކަމަށެވެ. ބޮންޑޭ ވަނީ ގަރާޖު ސިޓީ ނުލިބުމުން ދެންވީ ދަފުތަރެއް އުފައްދަންތޯވެސް ސުވާލުކޮށްފައެވެ.

މީގެ އިތުރުން ބޮންޑޭ ވިދާޅުވީ، ބިލު ހުށަހަޅާފައިވެސް ވަނީ ރާއްޖޭގައި ކޮރަޕްޝަނާއި ފަސާދައިގެ އަމަލުތައް ހިންގާ އިދާރާތައް ނުބެލެހެއްޓޭތީއާއި، ސަރުކާރަށް އެކަންކަން ނުބެލި ގަރާޖް ސިޓީ ވިއްކި މީހުންނަށް އެކަންކަން ނުބެލޭތީ މިކަމުގައި އޮތް ހައްލަކީ ގަރާޖު ސިޓީ ނެތި ދަފުތަރެއް ހަދާދޭށޭ ކަމަށްކަން ފާހަގަކުރަމުން ބޮންޑޭ ވިދާޅުވީ، މަޖިލީހުގެ އެމްޑީޕީ މެންބަރުންނަކީ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތަކާއި ވައްކަން ބަަލަން މަޖިލީހަށް އައި ބަޔަކަށްވާއިރު، މިފަދަ ބޮޑު ނިންމުމެއް ނިންމާއިރު ރައްޔިތުންކައިރީ "ހޭ"ވެސް އަހައިނުލާކަމަށެވެ.   

މިއަދުގެ ޖަލްސާގެ ތަޅުމުގައި މިކަމަށް މެންބަރުން ބަހުސް ކުރިނަމަވެސް ކޮމެޓީން ގަރާޖް ސިޓީން އުވާލަން ފާސްކުރި ރިޕޯޓަށް ވޯޓަށް އަހާފައެއް ނުވެއެވެ. 

އެ އިސްލާހުގައި ގަރާޖުގައި އުޅަދު ބޭއްވުން ލާޒިމް ނޫން ކަމަށް ބުނެފައިވާއިރު، އެ އިސްލާހު ގެނައުމުގެ ބޭނުމަކީ ބައެއް ފަރާތްތަކުން ބޮޑު އަގުގައި ގަރާޖު ސިޓީ ވިއްކާ މައްސަލާގައި ދައުލަތަށް ފައިދާ ނުވެ އަދި ރައްޔިތުންނަށް ވެސް ބޮޑެތި ގެއްލުންވަމުން ދާތީ އެކަން ހައްލު ކުރުމުގެ ބޭނުމުގައި ކަމަށް ކޮމިޓީގެ ރިޕޯޓުގައިވަނީ ފާހަގަ ކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް