ads
ޑރ. މުހައްމަދު މުއިއްޒު- ފޮޓޯ: ސީއެންއެމް
އޮޅުވާލައިގެން ގަރާޖް ސިޓީ ވިއްކުން ހުއްޓުވަންޖެހޭ: ޑރ. މުއިއްޒު
އޮޅުވާލައިގެން މީހުނަށް ގަރާޖް ސިޓީ ވިއްކާ ވިއްކުން ހުއްޓުވެން ޖެހޭ ކަމަށް މާލެ ސިޓީގެ އިންތިހާބީ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އިންޖީނުލީ އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރަން ހުށަހަޅާއިރު ގަރާޖު ސިޓީއެއް ހުށަހަޅަން ނުޖެހޭ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ގެންނަން ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީއިން ފާސް ކޮށްފައިވާއިރު، ޑރ.މުއިއްޒު މިފަދައިން މިވާޅުވީ، މިކަމަށް އިޝާރާތް ކުރައްވާ ކުރެއްވި ޓުވީޓެއްގައެވެ. 

އެގޮތުން މުއިއްޒު ވިދާޅުވީ، ގަވައިދާ ހިލާފަށް، އޮޅުވާލައިގެން މީހުންނަށް ގަރާޖް ސިޓީ ވިއްކާ ވިއްކުން ހުއްޓުވެން ޖެހޭ ކަމަށެވެ.

މީގެ އިތުރުން އަމާޒަކީ، މިކަން ހައްލު ކުރުން ހިމެނޭގޮތަށް، މާލޭގެ މަގުތަކަކީ ހިނގާބިނގާވެ އުޅުމަށާއި ދުއްވުމަށް ހިތްފަސޭހަ އަމާން ތަނަކަށް ހެދުން ކަމަށް މުއިއްޒު ވިދާޅުވިއެވެ. 

މުއިއްޒު މިހެން ވިދާޅުވިއިރު، ގަރާޖް ސިޓީ ވިއްކި މީހުން ތިބީ ސަރުކާރުގެ ވުޒާރާތަކުގައި ކަމަށާއި އެމީހުން ހިފާ ހައްޔަރުކުރުމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު މިއަދު ވިދާޅުވެފައިވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް