ads
ގދ. ތިނަދޫ--
ތިނަދޫ ކައުންސިލު އިދާރާއިން ކަރަންޓު ކަނޑާލައިފި
މިސްކިތްތަކުގެ ކަރަންޓު ބިލް ނުދައްކައިގެން ތިނަދޫ ކައުންސިލް އިދާރާގެ ކަރަންޓު ކަނޑާލައިފިއެވެ.

ސީއެންއެމް އަށް މައުލޫމާތު ދެއްވަމުން ތިނަދޫ ކައުންސިލްގެ ރައީސް އަމްޖަދު އަލީ ވިދާޅުވީ އެރަށުގެ ކައުންސިލް އިދާރާއިން ކަރަންޓު ކަނޑާލާފައިވަނީ ކައުންސިލް އިދާރާ، މިސްކިތް އަދި މަގު ބައްތި ތަކުގެ އިތުރުންވެސް ކައުންސިލުން ކަރަންޓު ބިލް ދައްކަން ޖެހޭ ތަންތަނުގެ ބިލް ނުދައްކާ ވާތީ ކަމަށެވެ. 

މިކަމާ ގުޅިގެން މިދިޔަ ހަފްތާ އަދި އޭގެ ކުރީ ހަފްތާގައިވެސް ފެނަކާއާ މަޝްވަރާ ކުރެވިފައިވާނެ ކަމަށްވެސް އަމްޖަދު ވިދާޅުވިއެވެ. އެގޮތުން މިއަންނަ މަހު، އާ ކައުންސިލަރުން މަގާމާ ރަސްމީކޮށް ހަވާލު ވުމުގެ ކުރިން ހުރިހާ ބިލެއް ދައްކާނެ ކަމަށް ފެނަކަ އާއި އެކު ކުރެވުނު މަޝްވަރާގައި ބުނެފައިވާނެ ކަމަށްވެސް އަމްޖަދު ވިދާޅުވިއެވެ. 

ކައުންސިލުން ދައްކަން ޖެހޭ ބިލްތަކަކީ ކޮންމެ މަހަކު ދައްކާ ބިލްތަކެއް ނޫންކަމަށާ، އެ ބިލް ތަކަކީ ދުވަސްތަކަކަށްފަހު އެއްފަހަރާ ދައްކާ ބިލްތަކެއް ކަމަށް ވެސް އަމްޖަދު ވިދާޅުވިއެވެ. މިހާރު ތިނަދޫ ކައުންސިލުން ކަރަންޓު ފީގެ ގޮތުގައި ފެނަކައަށް މިލިއަނަކަށްވުރެ ގިނަ ރުފިޔާ ވަނީ ދައްކަން ޖެހިފައެވެ. 

ބިލް ނުދައްކާ އޮތުމުގެ ސަބަބުން ކަރަންޓު ކަނޑާލަން ނިންމާފައިވާ ކަމަށް ފެނަކާއިން ރޭ އަންގާފައިވާ ކަމަށްވެސް އަމްޖަދު ވިދާޅުވިއެވެ. 

ބިލް ނުދައްކައިފި ނަމަ މިއަދު ހެނދުުނު 10 ޖަހާއިރު ކަރަންޓު ކަނޑާލާނެ ކަމަށް ފެނަކާއިން ބުނީ ރޭ. މިއަދު އެމަސައްކަތް ކުރަމުންދަނިކޮށް ކަރަންޓު ކަނޑާލީ. އަމްޖަދު ވިދާޅުވިއެވެ.

މިއަދު ކައުންސިލް އިދާރާއިން ކަރަންޓު ކަނޑާލާފައިވަނީ ހަވީރު ހަތަރެއް ޖެހިކަށްހާއިރު ކަމަށް އަމްޖަދު ވިދާޅުވިއެވެ. ކަރަންޓު ކަނޑާލީ ކަރަންޓު ބިލުގެ ގޮތުގައި ދައްކަން ޖެހޭ މިލިއަނަކަށް ވުރެ ގިނަ ރުފިޔާ އޮތްއިރު މިއަދު ފަސްލައްކަ ރުފިޔާ ދައްކަން ނިންމާ އެމަސައްކަތް ކުރަމުން ދަނިކޮށް ކަމަށް އަމްޖަދު ވިދާޅުވިއެވެ. 

ނަމަވެސް މިހާރު ކަރަންޓު ކަނޑާލާފައި ވުމުން އެމަސައްކަތް ކުރިއަށް ނުގެންދެވިފައިވާ ކަމަށާ، ފެނަކާގެ އިން ކަރަންޓު ގުޅައިދިނުމަށް އެދުމުން އެކަންތައް އަދި ނުވާކަމަށް އަމްޖަދު ވިދާޅުވިއެވެ.  

މިކަމާ ގުޅިގެން ސީއެންއެމް އިން ފެނަކައިގެ ކޮމެންޓެއް ހޯދަން އުޅުނު ނަމަވެސް އެފަރާތުން ޖަވާބެއް ނުދޭތީ ވަނީ ނާކާމިޔާބުވެފައވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް