ads
ތިނަދޫ އުތުރު ދާއިރާ މެމްބަރު އަބްދުލް މުގުނީ، ޕީޕީއެމް ކައުންސިލް މެމްބަރު ނަރީޝް އަދި މާފަންނު މެދު ދާއިރާ މެމްބަރު އިބްރާހިމް ރަޝީދު
ދެން މާފަންނު މެދަށް ބަސްކިޔާނީ ބޮންޑޭގެ ބަދަލުގައި ނަރީޝް!
ރައްޔިތުން މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) އަށް ދެން އެދާއިރާއަށް ބަސް ނުކިޔޭނެ ކަމަށާއި، ދެން އެދާއިރާއަށް ބަސް ކިޔޭނީ ކައުންސިލް އިންތިހާބުގައި އެދާއިރާއިން ގޮނޑި ކާމިޔާބު ކުރި އިދިކޮޅު ކެނޑިޑޭޓް، ޕީއެންސީގެ ކައުންސިލް މެމްބަރު އަދި ޓީވީ ޕްރެޒެންޓަރު އަހުމަދު ނަރީޝް ކަމަށް މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލް މުޣުނީ ވިދާޅުވެއްޖެއެވެ.

މުޣުނީ މިހެން ވިދާޅުވެފައިވަނީ، މިހާރު ދައުރުވަމުންދާ ވީޑިއޯއެއްގަ އެވެ.

މި ވީޑިއޯގައި، މުޣުނީ ބޮންޑޭއާއި ދިމާއަށް މިހެން ބުނާތަން ފެންނައިރު، ދެ މީހުންވެސް ތިބީ، މަޖިލީހުގެ ކޮމިޓީއެއްގެ ބައްދަލުވުމެއްގެ ތެރޭގައެވެ. 

އެގޮތުން މުޣުނީ ވިދާޅުވީ، އެ ދާއިރާއަށް މާލެ މީހަކު ކުރިމަތިލި ކަމަށާއި، އަދި މާލެ މީހާއަށް ވޯޓު ނުދީ ރައްޔިތުން ހިޔާރު ކުރީ ނަރީޝް ކަމަށެވެ. އަދި ދެން އެ ދާއިރާއަށް ބަސް ކިޔާނީ ނަރީޝް ކަމަށާއި، އެ ދާއިރާއަށް ބަސްކިޔާނީ ހުވަދޫ މީހުން ކަމަށާއި، ބޮންޑާއަށް އެތަނަށް ބަސް ނުކިޔޭނެ ކަމަށް މުޣުނީ ވިދާޅުވެއެވެ. 

މިކަމަށް ބޮންޑޭ ޖަވާބުދާރީވި ނަމަވެސް، ވީޑިއޯގައި ބުނާ އެއްޗެއް ސާފެއް ނުވެއެވެ. އަދި ކޮމިޓީގައި ތިބި އެހެން މެމްބަރުންވެސް މި ކަމާ ވާހަކަ ދައްކާ އަޑު އިވެއެވެ. 

ސޯޝަލް މީޑިއާގައި އާންމުވެފައިވާ މި ވީޑިއޯގައި، މި ބަހުސް އުފެދިގެން އައި ކިހިނެތް ކަމެއް ސާފެއް ނުވެއެވެ.

82%
ކަމުގޮސްފި
6%
އަޑުއެހިތާ މިހުރީ
12%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް