ads
ފެނަކައިގެ އެމްޑީ ސައީދު--ފޮޓޯ:ސަން
ތިނަދޫ ކައުންސިލުން ބިލް ނުދައްކާތާ 2 އަހަރު ވެއްޖެ: ފެނަކަ
ގދ.ތިނަދޫ ކައުންސިލުން ކަރަންޓް ބިލް ނުދައްކާތާ ދެ އަހަރު ވެއްޖެކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.

ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު ވިދާޅުވީ ތިނަދޫ ކައުންސިލުން ކަރަންޓު ބިލް ނުދައްކާތާ މިހާރު ދެ އަހަރު ވެފައިވާ ކަމަށެވެ. އެގޮތުން މިހާރު ތިނަދޫ ކައުންސިލުން ދެމިލިޔަނަށްވުރެ ގިނަ ރުފިޔާ ފެނަކައަށް ދައްކަން ޖެހިފައިވާ ކަމަށްވެސް ސައީދު ވިދާޅުވިއެވެ.

މިއީ ތިނަދޫ ކައުންސިލުން އެކަނި ކުރާ ކަމެއް ނޫން. އަދިވެސް ބައެއް ކައުންސިލްތަކުން މިފަދަ ކަންތައް ކުރޭ. ނަމަވެސް ބައެއް ކައުންސިލްތަކުން ފައިސާ ދައްކާފައިވާތީ އެއިދާރާތަކުގެ ކަރަންޓު ކަނޑާފައި ނުވާނެ. -ސައީދު

އަދި ފައިސާ ދެއްކުމަށް ތިނަދޫ ކައުންސިލަށް އެތައް ފަހަރެއްގެ މަތިން އަނގަ ބަހުންނާއި ލިޔުމުންވެސް އެދިފައިވާނެ ކަމަށާ، ކަރަންޓު ކަނޑާލީ ގިނަ މުއްދަތުތަކެއްދީ، ބިލް ނުދެއްކުމުން ކަމަށް ސައީދު ވިދާޅުވިއެވެ.

ނަމަވެސް އެފައިސާ ދެއްކުމަށްޓަކާ މަސައްކަތް ކުރުމަށް އަލުން ކަރަންޓު ދިނުމަށް އެރަށުގައި ހުންނަ ފެނަކަ ބްރާންޗަށް މިހާރު އަންގާފައިވާ ކަމަށްވެސް ސައީދު ވިދާޅުވިއެވެ.

ތިނަދޫ ކައުންސިލް އިދާރާއިން ކަރަންޓު ކަނޑާލާފައިވަނީ ކައުންސިލް އިދާރާ، މިސްކިތް އަދި މަގު ބައްތި ތަކުގެ އިތުރުންވެސް ކައުންސިލުން ކަރަންޓު ބިލް ދައްކަން ޖެހޭ ތަންތަނުގެ ބިލް ނުދައްކާ ހުރީމަ ކަމަށް ތިނަދޫ ކައުންސިލްގެ ރައީސް އަމްޖަދު އަލީ ވަނީ މިއަދު ސީއެންއެމް އަށް ވިދާޅުވެފައެވެ.

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް