ads
ފަލޫދާ
ސީއެންއެމް ބަދިގެ: ފަލޫދާ
ސީއެންއެމް ބަދިގޭގައި މިއަދު ބުއިމަކަށް މި ހިމަނާލަނީ ފަލޫދާ އެވެ.

ބޭނުންވާނެ ތަކެތި:

  • ¾ ޖޯޑު ގެރިކިރު 
  • 2 ޖޯޑު ފެން 
  • ½ ޖޯޑު ރޯޒް ސިރަޕް
  • ½ ސައިސަމުސާ ވެނީލާ އެސެންސް
  • 2 މޭޒުމަތީ ސަމުސާ އިސްބަގުލު
  • 10 މޭޒުމަތީ ސަމުސާ ކުދިކޮށް ކޮށާފައި ހުރި ސްޓްރޯބެރީ ޖެލީ ނޫނީ ހަލުވިދާ
  • 500 ގްރާމް ވެނީލާ އައިސްކްރީމް

 

ތައްޔާރުކުރާނެގޮތް:

ފުރަތަމަ ގެރިކިރާއި ފެނާއި ރޯޒް ސިރަޕާއި ވެނީލާ އެސެންސްކޮޅު އެއްކޮށްލުމަށް ފަހު އެ ފްރިޖަށްލާ ދެތިން ގަޑިއިރެއް ހާއިރު ފިނިކުރަން ބަހައްޓާށެވެ. އަދި ބައިޖޯޑު ފެނަށް އިސްބަގުލުކޮޅު އަޅާލައި 30 މިނިޓުވަރު ފޯކުރަން ބަހައްޓާށެވެ.

ފަލޫދާ ތައްޔާރުކުރަން ވީމާ ފުރަތަމަ ބިއްލޫރިތަށީގެ ތެރެއަށް އަޅާނީ އެއް މޭޒުމަތީ ސަމުސާ ފޯކުރި އިސްބަގުލެވެ. އަދި ފަސް މޭޒުމަތީ ސަމުސާ ޖެލީއެވެ. ނުވަތަ ލިބޭ ނަމަ ޖެލީގެ ބަދަލުގައި ހަލުއިދާ ބޭނުންކުރެވިދާނެއެވެ.

އެއަށް ފަހު ފްރިޖަށްލި ރޯޒް ސިރަޕް ގަނޑުގެ އެއް ޖޯޑު ބިއްލޫރި ތަށްޓަށް އަޅައި ގިރާލުމަށް ފަހު މަޑުމަޑުން އައިސްކްރީމްކޮޅު ތަށްޓަށް ލާށެވެ. އޭރުން ހަލުވިދާ ހުންނާނީ ތައްޔާރުވެފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް