ads
ސިޓީގެ ކުޅުންތެއިން ޕީއެސްޖީ މެޗުގައި
ޗެމްޕިއަންސް ލީގު: ފަހަތުން އަރައި ޕީއެސްޖީ ބަލިކޮށް ސިޓީ ފައިނަލާ ގާތަށް
ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގައި ފަހަތުން އަރައި ޕީއެސްޖީ ބަލިކޮށް ފައިނަލުގެ ފުރުސަތު މެންޗެސްޓަރ ސިޓީން ބޮޑުކޮށްފިއެވެ. ޕީއެސްޖީގެ ދަނޑުގައި ކުޅުނު މި މެޗުން ސިޓީ މޮޅުވީ ދެ ލަނޑު އެއް ލަނޑުންނެވެ.

މެންޗެސްޓަރ ސިޓީއާ ޕީއެސްޖީ ވާދަކުރާ ސެމީ ފައިނަލްގެ ދެވަނަ ލެގުގެ މެޗު އޮންނާނީ އަންނަ ހަފުތާގައެވެ. ސެމީ ފައިނަލުން މޮޅުވާ ބަޔަކު ފައިނަލްގައި ކުޅޭނީ ޗެލްސީ ނުވަތަ ރިއާލް މެޑްރިޑާއެވެ. ޗެލްސީއާ ރިއާލް މެޑްރިޑްގެ ސެމީގެ ފުރަތަމަ ލެގު ނިމުނީ ދެ ޓީމު އެއްވަރުވެގެންނެވެ.  

ބުދަ ދުވަހުގެ ރޭ ކުޅުނު މެޗުގައި ޕީއެސްޖީއަށް ފުރަތަމަ ލަނޑު ޖަހައިދީ ކުރި ހޯދައިދިނީ ޓީމުގެ ކެޕްޓަން މާކުއީނިއޯސް އެވެ. ފުރަތަމަ ހާފުގެ މި ލަނޑާއެކު، މި ދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި އެއްކޮޅުން ކުޅުނު ޕީއެސްޖީ ކުރީގައި އޮތަސް ދެވަނަ ހާފު ފެށިގެން ގިނަ އިރުތަކެއް ނުވެ، ސިޓީން ލަނޑު ޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކުރިއެވެ. ސިޓީގެ ފުރަތަމަ ލަނޑު އެ ޓީމަށް ޖަހައިދިނީ ސިޓީގެ ކެޕްޓަން ކެވިން ޑިބްރޭނާއެވެ. ސިޓީ މޮޅުވި ލަނޑު އެ ޓީމަށް ޖަހައިދިނީ ރިޔާދު މާރޭޒްއެވެ. އެއީ ފްރީ ކިކަކުން ޖެހި ލަނޑެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް