ads
ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް
މިނީ ބަސްތައް ނުފެނުނު، މެގަ ބަސްތަކަކަށް ނުވިކަން ނަސީބެއް: ޝިޔާމް
މައްސަލަ އޮތީ ޓްރާންސްޕޯޓު މިނިސްޓަރުގެ ކަމަށާއި، ރާއްޖެއަށް ގެންނަން ބުނި މިނީ ބަސްތައްވެސް އަދިވެސް ނުފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ރާއްޖެއަށް މިނީ ބަސް ތައާރަފު ކުރުމަކީ ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ވައުދެއް ނަމަވެސް މިއަދާ ހަމައަށްވެސް އެ ވައުދު ފުއްދިފައެއް ނުވެއެވެ. ނަމަވެސް މިނީ ބަސްތައް ގެނައުމަށް ހަދާ ދިރާސާތައް މިހާރު ނިމިފައިވާ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

އެއްގަމު އުޅަނދުފަހަރުގެ ގާނޫނަށް ގެންނަ އިސްލާހަށް މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ޝިޔާމް ވިދާޅުވީ މާލެ ތޮއްޖެހުމާއި ކޮރަޕްޝަންގެ މައްސަލައަށް ހައްލު އަންނާނެ ގޮތެއް ހޯދަންޖެހޭ ކަމަށާއި ނަމަވެސް ޓްރާންސްޕޯޓު މިނިސްޓްރީގެ ވިސްނުން ހުރީ މައްސަލައެއް އޮތީމަ ގާނޫނާ ގަވާއިދާއި އޮތޯރިޓީތައް އުވާލަން ކަަމަށެވެ.

މިހެން ކަންތައްވުމުން، އަސްލު މައްސަލަ އޮތީ ޓްރާންސްޕޯޓު މިނިސްޓަރުގެ ހެން މިހާރު ހީވާކަމަށް ޝިޔާމް ވިދާޅުވިއެވެ. ގަރާޖް ސިޓީންވެސް މައްސަލަ ހައްލު ނުވިކަން ފާހަގަކުރައްވައި ޝިޔާމް ވިދާޅުވީ ޓްރާންސްޕޯޓު މިނިސްޓަރުގެ ޒިންމާ މިނިސްޓަރު އަދާކުރެއްވީމާ އެ ހުރިހާ މައްސަލައެއްވެސް ހައްލުވީސްކަމަށެވެ.

އެއްގަމު ދަތުރުފަތުގެ މައްސަލަތަށް ހައްލުކުރުމަށް އެންމެ ބޮޑަށް ބޭނުންވާނީ ރަނގަޅު ނިޒާމެއް ކަމަށް ވިދާޅުވިއެވެ. އެގޮތުން އެމްޑީޕީގެ ސިޔާސަތުގެ ތެރޭގައި ހިމެނޭ މިނީ ބަހުގެ ވައުދަށް އަލިއަޅުއްވާލައްވައި ޝިޔާމް ވިދާޅުވީ މިނީ ބަސްތައް ތައާރަފުކޮށްގެން މާލޭގެ ތޮއްޖެހުން ނައްތާލާނެކަމަށް ބުނި ތިން ހަތަރު ތާރީހު ފާއިތުވެގެން ހިނގައްޖެ ކަމަށެވެ. 

"ނަސީބެއް މެގަ ބަސް ތަކަކަށް ނުވިކަން. މިނީ ބަސްތައްވެސް ނުފެނިގެން އަޅުގަނޑުމެން އަދިވެސް މިއުޅެނީ": ޝިޔާމް

ޝިޔާމް އިތުރަށް ވިދާޅުވީ އެއްގަމު އުޅަނދުފަހަރުގެ ގާނޫނަށް ގެންނަ އިސްލާހު އަނބުރާ ގެންދަންޖެހޭ ކަމަށާއި، އަދި އެއަށްފަހު އާ އިންތިހާބީ މާލެ ސިޓީ ކައުންސިލާއެކު އެއްގަމު ދަތުރުފަތުރުގެ މައްސަލަ މަޝްވަރާ ކުރަންޖެހޭ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް