ads
ފޮޓޯ: ދަ އެޑިޝަން
މާޗު މަހު ކުޑަކުދިންނަށް ކުރާ އަނިޔާގެ 84 މައްސަލައެއް
ނިމިދިޔަ މާޗު މަހު ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާގެ 84 މައްސަލައާއެކު ޖުމްލަޖަ 215 މައްސަލަ ޖެންޑާ މިނިސްޓްރީއަށް ހުށައަޅައިފައިވާ ކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.

ޖެންޑާ މިނިސްޓްރީން ކޮންމެ މަހަކު އާންމުކުރާ ތަފާސް ހިސާބުން ދައްކާގޮތުގައި، މިދިޔަ މަހު ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާތަކާބެހޭ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ އިހުމާލުވުމުގެ މައްސަލަތަކެވެ. އެ ގޮތުން މި ބާވަތުގެ 27 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ. 

ޖެންޑަ މިނިސްޓްރީގެ ތަފާސްހިސާބުން ދައްކާގޮތުގައި އަނިޔާކުރުމުގެ މައްސަލަތަކުގެ އިތުރުން ދެން ހިމެނެނީ ޖިންސީ ހާނިއްކައިގެ 18 މައްސަލަ، ޖިސްމާނީ ހާނިއްކައިގެ 17 މައްސަލަ، ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 13 މައްސަލަ، ނަފްސާނީ ހާނިއްކައިގެ ހަތަރު މައްސަލަ، އެހެން ކުދިންގެ ފަރާތުން ގަނާ ލިބުމުގެ އަދި ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ ތިން މައްސަލަ، ނަހަމަގޮތުގައި ބޭނުންކުރުމުގެ އެއް މައްސަލަ އަދި އެހެންކުދިންގެ ފަރާތުން އިންޓަނެޓް މެދުވެރިކޮށް ގަނާ ލިބުމުގެ އެއް މައްސަލަ އެވެ.

މީގެ އިތުރުން، ކުޑަކުދިންގެ އަހުލާގު ގުޅުން ހުރި 14 މައްސަލަ ހުށަހަޅައިފައި ވާއިރު، މި ފަދަ މައްސަލަތަކުގެ ތެރޭގައި ގެއިން ނުކުމެގެން ދިއުމުގެ 3 މައްސަލަ، ސްކޫލަށް ދާން ބޭނުންނުވުމުގެ 1 މައްސަލަ އަދި ގަނާކުރުމާއި ފުރައްސާރަ ކުރުމުގެ 1 މައްސަލަ ހިމެނެއެވެ. އަދި، އާއިލީ 27 މައްސަލައެއް ހުށަހަޅާފައިވާއިރު، އެކި ބާވަތުގެ ކުށްކުރާ ކުޑަކުދިންގެ 4 މައްސަލައެއް ވަނީ ހުށަހަޅާފައެވެ.

ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 47 މައްސަލަ މިދިޔަ މަހު އެމިނިސްޓްރީއަށް ވަނީ ހުށަހަޅައިފައެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން 23 މައްސަލަ މިދިޔަ މަހު ޖެންޑާއަށް ވަނީ ހުށަހަޅައިފައެވެ.

އަމިއްލަ ނަފުސަށް ގެއްލުންދިނުމާ ގުޅޭ 15 މައްސަލަ މިދިޔަ މަހު އެނިސްޓްރީއަށް ރިޕޯޓުކޮށް އެޓެންޑްކޮށްފައިވާއިރު، 3 ކުއްޖަކު ޢާއިލާއާ ރީއިންޓަގްރޭޓް ކުރެވި 1 ކުއްޖަކު ދަޢުލަތުގެ ބެލުމުގެ ދަށަށް ނެގިފައިވެއެވެ.

ފެބުރުވަރީ މަހުގައި މިނިސްޓްރީ އޮފް ޖެންޑާ އަށް ހުށައަޅާފައިވަނީ 186 މައްސަލައެވެ. މިފަހަކަށް އައިސް ރާއްޖޭގައި އަނިޔާގެ މައްސަލަތައް ދަނީ އިތުރުވަމުންނެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް