ads
ޝިފްލާ އިބްރާހީމް-
ބްރޯޑްކޮމްއަށް ޝިފްލާ އައްޔަން ކުރަން މަޖިލީހުން ފާސްކޮށްފި
ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރު ކަމަށް މަޝްހޫރު ޕްރެޒެންޓަރު ޝިފްލާ އިބްރާހީމް އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

ބްރޯޑްކޮމްއަށް ޝިފްލާ އައްޔަން ކުރަން މަޖިލީހުން ފާސްކޮށްފައިވަނީ، ވޯޓުގައި ބައިވެރިވި 71 މެންބަރުންގެ އަގުލަބިއްޔަތުންނެވެ. ޝިފްލާ ބްރޯޑްކޮމްއަށް ހޮވުމަށް ފާސްކުރަން ބޭނުންވާ ވޯޓުގެ އަދަދަކީ 36 ވޯޓެވެ. 

ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރުކަމަށް ޝިފްލާ އައްޔަންކުރަން މަޖިލީހުގެ ބޮޑު އަގުލަބިއްޔަތަކުން ފާސްވެގެން މިދިޔައީ އެ މަގާމަށް އައްޔަންކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ޝިފްލާގެނަން ތިންވަނަ ފަހަރަށް ފޮނުވިފަހުންނެވެ.

މީގެކުރިން މެންބަރުކަމުގެ މަގާމަށް ބޭފުޅަކު އައްޔަންކުރުމަށް ޝިފްލާގެ ނަންފޮނުވިއިިރު ވޯޓުގެ އަގުލަބިއްޔަތުން މަޖިލީހުން އައްޔަންކުރަން ފާސްކުރީ ވީޓީވީގެ ނޫސްވެރިޔާ އައިމިނަތް އަމީނާ (އަނާ) އެވެ.   

އެ ކޮމިޝަނުގެ މެމްބަރު އައިމިނަތު ސަހާރަތު އިއްޒަތުގެ މަގާމުގެ މުއްދަތު މިމަހު ހަތަރެއްގައި ހަމަވުމާއި ގުޅިގެން މިފަހަރު ރައީސް ސޯލިހް ޝިފްލާގެ އިތުރުން ފާތިމަތު ސައުޝަން އަދި ޑރ. އިބްރާހީމް މުހައްމަދުގެ ނަން މަޖިލީހަށް ފޮނުއްވިއެވެ.

ބްރޯޑްކޮމްއަށް ޝިފްލާ އައްޔަން ކުރަން ކޮމިޓީ މަރުހަލާގައި ފާސްކޮށްފައިވަނީ، މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއިން ބޭއްވި ބައްދަލުވުމެއްގައި މިމަހުގެ 21ވަނަ ދުވަހުއެވެ.

އެގޮތުން ޝިފްލާގެ ނަން މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 11 މެމްބަރުންގެ ވޯޓާއެކު އެވެ. ކޮމިޓީ ބައްދަލުވުމުގައި ފާތިމަތު ސައުޝަން އަދި ޑރ. އިބްރާހީމް މުހައްމަދުގެ ނަން މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް ފާހެއްނުވެއެވެ. މި ދެ ބޭފުޅުންނަށްވެސް ކޮމެޓީގައި ތިބި 11 މެމްބަރުންގެ ތެރެއިން ވޯޓު ދެއްވީ ހަ މެންބަރުންނެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް