ads
ކުރީގެ ސްޕްރީމް ކޯޓުގެ ފަނޑިޔާރާއި ޑރ. ޖަމީލް---
ރިލްވާނުގެ މައްސަލައާ ގުޅުންހުރި މީހެއްގެ ދިފާއުގައި ޑރ. ޖަމީލު!
ވަގަށް ނަގާފައިވާ ނޫސްވެރިޔާ ރިލްވާންގެ މައްސަލައާ ގުޅިގެން ޕާސްޕޯޓް ހިފަހައްޓާފައިވާ މީހެއްގެ ދިފާއުގައި ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހްމަދު ހައިކޯޓުގައި ވަކާލާތު ކުރައްވައިފިއެވެ.
ވަގަށް ނަގާފައިވާ ނޫސްވެރިޔާ ރިލްވާންގެ މައްސަލައާ ގުޅިގެން ޕާސްޕޯޓް ހިފަހައްޓާފައިވާ މީހެއްގެ ދިފާއުގައި ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހްމަދު ހައިކޯޓުގައި ވަކާލާތު ކުރައްވައިފިއެވެ.

މަރާލާފައިވާ ކަމަށް ބެލެވޭ ނޫސްވެރިޔާ އަހްމަދު ރިލްވާންގެ މައްސަލައާ ގުޅިގެން ޑރ. މުހައްމަދު ޖަމީލު އަހުމަދު ވަކާލާތު ކުރައްވާފައިވަނީ ހެންވޭރު ވާލީވިލާ އަލީ ޝިޔާމްގެ ފަރާތުންނެވެ.

އަލީ ޝިޔާމްގެ ޕާސްޕޯޓް ހިފަހައްޓާފައިވާ މައްސަލަ އޭނާގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާ މައްސަލައިގެ އަޑުއެހުންތައް ހައިކޯޓުގައި މިއަދު ވަނީ ފެށިފައެވެ. އެހެންނަމަވެސް އެ މައްސަލަ ހައިކޯޓުގައި ކުރިއަށް ގެންދަނީ އަޑު އެހުންތައް އާއްމުކޮށް ހުޅުވާލައިގެން ކަމަށް ނުވާތީ، އެ މައްސަލައިގެ އިތުރު ތަފްސީލެއް ނުލިބެއެވެ.

ރިލްވާނުގެ މަރުގެ މައްސަލައާ ގުޅުންހުރި ކަމަށް ތުހުމަތު ކުރެވޭ މީހެއްގެ މައްސަލަ ހައިކޯޓުގައި މިއަދު ފެށުނު އިރު، ހައިކޯޓުގެ ފަނޑިޔާރު ހަސަން އަލީ ވަނީ ރިލްވާނުގެ މަރާ ގުޅޭ އެހެން މައްސަލައެއްގައި ސަސްޕެންޑްކޮށްފައެވެ. އަދި ހައިކޯޓުގައި މިއަދު، ރިލްވާނުގެ މަރާ ގުޅުން ހުރި ކަމަށް މަރު ކޮމިޝަނުން ތުހުމަތު ކުރާ އަލީ ޝިޔާމްގެ ދިފާއުގައި ވަކާލާތު ކުރެއްވި ޑރ. މުހައްމަދު ޖަމީލް އަހްމަދަކީ ދާދި ފަހުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރި، ހައިކޯޓުގެ ކުރީގެ އިސްފަނޑިޔާރު އަބްދުﷲ ދީދީގެ ވަކީލުންގެ ޓީމުގައިވެސް ހިމެނޭ ވަކީލެކެވެ.

އަބްދުﷲ ދީދީއާ ގުޅޭ ގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަނުން އާއްމުކޮށްފައިވާ ބަޔާނުން އެނގޭ ގޮތުގައި، އަބްދުﷲ ދީދީވަނީ ކުރިމިނަލް ކޯޓުގައި މަސައްކަތް ކުރެއްވިއިރު، ރިލްވާނުގެ މައްސަލައާ ގުޅުން ހުރި މީހަކު ބަންދުން ދޫކޮށްލަން އަމުރުކޮށްފައެވެ.

އޭގެ އިތުރުން ހ. ވާލީވިލާ ހަސަން ޝިޔާމްގެ ފަރާތުން ސުޕްރީމް ކޯޓުގައި ވަކާލާތު ކުރައްވާފައެވެ. އެ މައްސަލަ ހަސަން ޝިޔާމްއާ އެއްކޮޅަށް ސުޕްރީމް ކޯޓުން ނިންމާފައިވާއިރު، އެ މައްސަލަ ބެލި ބެންޗުގައި ފަނޑިޔާރު އަބްދުﷲ ދީދީ ހިމެނިވަޑައިގެންނެވިއެވެ.

ވާލީވިލާ ޙަސަން ޝިޔާމްއަކީ، ރިލްވާނު ގެއްލުވާލި މައްސަލައާ ގުޅިގެން ޕާސްޕޯޓް ހިފަހައްޓައިގެން ހައިކޯޓުގައި މިހާރު މައްސަލަ އިސްތިއުނާފުކޮށްފައިވާ ވާލީވިލާ އަލީ ޝިޔާމްގެ ކޮއްކޮއެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް