ads
އީގަލްސް އަދި ތިމްޕޫގެ ކޯޗުން އަދި ކުޅުންތެރިން
ވާނުވާ ނޭނގުނު މެޗު: އެންމެ ފަހުން އަބަހާނީ މުބާރާތުން ވަކިވެއްޖެ
ކޮވިޑުގެ ހާލަތާ ގުޅިގެން މުބާރާތުގައި ކުރިއަށް ދެވޭނެ އެއްވެސް ގޮތެއް ނެތުމުން، ބަންގްލަދޭޝްގެ ޑާކާ އަބަހާނީ މުބާރާތުން ވަކިވެއްޖެއެވެ. އަބަހާނީގެ މި ނިންމުމާ ގުޅިގެން ރާއްޖޭގެ ކްލަބު އީގަލްސްވަނީ ކޮލިފައިންގެ ފަހު ބުރަށް އޮޓޯއިން ކޮލިފައިވެއެވެ.

ޑާކާ އަބަހާނީން މުބާރާތުން ވަކިވިކަން އޭއެފްސީން އިއުލާން ކުރީ ހުކުރު ދުވަހުއެވެ. އަބަހާނީގެ މި ނިންމުން އައީ، އީގަލްސްއާ އެކު ކުޅެން ޖެހޭ މެޗު ކުޅެވޭތޯ އެކި ގޮތްގޮތުން މަސައްކަތްކޮށްގެންވެސް އެކަމުގައި އެއްވެސް އަލިމަގެއް އެ ޓީމަށް ނުފެނުމުންނެވެ. ބަންގަލަދޭޝްގައި ކޮވިޑުގެ ހާލަތު ގޯސްވެ ގައުމު އޮތީ ލޮކްޑައުންކޮށްފައެވެ. އީގަލްސްއަށް އެގައުމަށް ދެވެން ނެތް އިރު، އަބަހާނީއަށް އެ ގައުމުން ފުރޭނެގޮތެއްވެސް ނުވުމުން އެންމެ ފަހުން އެ ޓީމުން މުބާރާތް ދޫކޮށްލީއެވެ.

އަބަހާނީ މުބާރާތުން ވަކިވުމުން، އީގަލްސްވަނީ އޮޓޯއިން ފަހު ބުރަށް ކޮލިފައިވެފައެވެ. ފަހު ބުރުގައި އީގަލްސް ވާދަކުރަން ޖެހޭނީ ވަރުގަދަ ބެންގަލޫރު އެފްސީއާއެވެ. އީގަލްސް ވެގެންދާނީ ބެންގަލޫރާ ދެކޮޅަށް ކުޅޭ ރާއްޖޭގެ ހަތަރުވަނަ ޓީމަށެވެ. މީގެ ކުރިން ނިއުރޭޑިއަންޓް، މާޒިޔާ އަދި ޓީސީވަނީ ބެންގަލޫރާ ދެކޮޅަށް ކުޅެފައެވެ. އޭނގެ ތެރެއިން ނިއުރޭޑިއަންޓް އަދި މާޒިޔާއިންވަނީ ބެންގަލޫރު ބަލިކޮށްފައެވެ. އޭއެފްސީ ކަޕުގެ މިދިޔަ އަހަރުގެ މުބާރާތުގެ ކޮލިފައިން ސްޓޭޖުން ބެންގަލޫރު ކެޓީ މާޒިޔާ އަތުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް