ads
ފޮޓޯ---
ރާއްޖޭގައި ދުނިޔޭގެ ފެންވަރުގެ ބިލިއާޑް ފެސިލިޓީއެއް ހުޅުވައިފި
ރާއްޖޭގައި ދުނިޔޭގެ ފެންވަރުގެ ބިލިއާޑް ފެސިލިޓީއެއް ރޭ ރަސްމީކޮށް ހުޅުވައިފި އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު މަހުލޫފް ވިދާޅުވީ މިދިޔަ ދޮޅު އަހަރެއްހާ ދުވަހު ކޮވިޑްގެ ސަބަބުން ކުޅިވަރު ހަރަކާތްތައް ހުއްޓިފައި އޮތް މުއްދަތުގައި ބަޖެޓްގެ ތާށިކަމުގެ ތެރޭގައި ވެސް އިސްކަމެއް ދިނީ ކުޅިވަރު އިންފްރާސްޓްރަކްޗާ ތަރައްގީ ކުރަން ކަމަށާއި އެ ގޮތުން ކުރެވުނު އެންމެ ރަނގަޅު މަސައްކަތްތަކުގެ ތެރޭގައި ޕޫލް ބިލިއާޑް ފެސިލިޓީ ހިމެނިގެންދާނެ ކަމަށެވެ.

"މިނިސްޓަރެއްގެ މަގާމަށް ވަޑައިނުގަންނަވަނީސް ވެސް ބިލިއާޑް ހޯލަށް އިވެންޓެއް ޝަރަފްވެރިކުރަން އައުމުގެ ފުރުސަތު ލިބުނު. އޭރު ހަތަރު ވަރަކަށް މޭޒު ބަހައްޓައިގެން ބިލިއާޑް އެސޯސިއޭޝަނުން މި ކުޅިވަރު ތަރައްގީކުރަން ކުރި މަސައްކަތަށް މިއަދު ބޮޑު ކަމެއް ކޮށްދެވުމަކީ ހަގީގަތުގައި ވެސް ލިބޭ އުފަލެއް." މިނިސްޓަރު މަހްލޫފް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެ މަސައްކަތް ހަގީގަތުގައި ކުރެވެނީ ރައީސް ސޯލިހް ކުޅިވަރަށްޓަކައި ދެއްވާ ހާއްސަ އަހައްމިއްޔަތުގެ ސަބަބުން ކަމަށެވެ.

ބިލިއާޑް ފެސިލިޓީ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަތައްކަމުން ޓްރިކްޝޮޓް ލެޖެންޑް ކޮލާ ބުނީ ހަގީގަތުގައި ވެސް އެ ފެސިލިޓީ އަކީ ބިލިއާޑްގައި ބަޔަކަށް ލިބޭނެ އެންމެ ފުރިހަމަ އެއް އިންފްރާސްޓްރަކްޗާ ކަމަށެވެ. އަދި ރާއްޖެ ކަހަލަ ގައުމެއްގައި  އެފަދަ ފެސިލިޓީއެއް ހުޅުވުން އެއީ އެ ކުޅިވަރަށް ވެސް ލިބޭނެ ކުރިއެރުމެއްގެ ގޮތުގައި ދެކޭ ކަމަށެވެ.

your imageފޮޓޯ--ޔޫތް މިނިސްޓްރީ

ކޮލާ ބުނީ އޭނާ އެދެނީ އެ ފެސިލިޓީގައި ކުޅެގެން ރާއްޖޭގެ ކުޅުންތެރިން ފުރަތަމަ އޭޝިއާގެ ލެވަލްގައި ކުރިއަރައި ދުނިޔޭގެ ލެވަލްގައި ވެސް ކުރިއަށް ދިއުން ކަމަށެވެ.

ބިލިއާޑް ފެސިލިޓީ ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތު އެ ފެސިލިޓީ ހުޅުވައިދެއްވީ އިކޮނޮމިކް މިނިސްޓަ ފައްޔާޒު އިސްމާއިލް އެވެ. އެ ރަސްމިއްޔާތުގައި ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފާއި އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

އަދި މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ)ގެ އިސްވެރިންގެ އިތުރުން ކުޅިވަރު އެސޯސިއޭޝަންތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ. އެ އިވެންޓްގައި ދުނިޔޭގެ ޓްރިކްޝޮޓް ރެކޯޑް ހޯލްޑަރެއް ކަމަށްވާ ފްލޯރިއަން ކޮލާ ވެސް ބައިވެރިވި އެވެ.

ރާއްޖޭގައި ތަރައްގީކުރި އެ ބިލިއާޑް ފެސިލިޓީގައި 12 މޭޒު ވަނީ ބަހައްޓައިފަ އެވެ. ރޭގެ އިވެންޓުގައި އެމްޕީބީއޭ އިން ވަނީ އެ އެސޯސިއޭޝަންގެ ރަސްމީ ވެބްސައިޓާއި ބުކިން އެޕްލިކޭޝަން ރަސްމީކޮށް ލޯންޗްކޮށްފަ އެވެ. އާ ވެބްސައިޓާއި އެޕްލިކޭޝަނާ އެކު ކުޅުންތެރިންގެ މައުލޫމާތާއި ކުޅެން ބޭނުންވާ ކުޅުންތެރިންނަށް އެތައް ފަސޭހަތަކެއް ލިބޭނެ އެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް