ގާލް ގެޑޮޓް-- ފޮޓޯ: އޭޕީ
"ވޮންޑާ ވުމެން" އަށް ވިޝް ކޮށްފިންތަ؟
Share
މިއަދަކީ "ވޮންޑާ ވުމަން" ގެ ނަމުން މަޝްހޫރު ހޮލީވުޑްގެ ތަރި ގާލް ގެޑޮޓް ގެ އުފަންދުވަހެވެ.
Advertisement

މާވެލް ގެ އުފެއްދުމެއް ކަމަށްވާ "ވޮންޑާ ވުމެން" ފިލްމުން މަޝްހޫރުވެގެން ދިޔަ ގާލް ގެޑޮޓް އުފަންވެފައި ވަނީ 1985 ވަނަ އަހަރުގެ އޭޕްރީލް 30 ވަނަ ދުވަހު އެވެ. އެހެންކަމުން މިއީ ގާލްގެ 36 ވަނަ އުފަންދުވަސް ކަމަށް ވާއިރު، ގާލް އަށް އުފަންދުވަހުގެ ތަހުނިޔާ ފޮނުވަން ބޭނުންވާ އެތައް ފޭނުންނެއް ތިބޭނެކަން ޔަގީނެވެ.

ގާލް ގެ ރީތި ހިނިތުންވުމަށް ދިވެހި ގިނަ ޒުވާނުންނެއްގެ ހިތްތައްވެސް ލެނބިފައިވާ ކަމީ ހަގީގަތެވެ. ނަމަވެސް ގާލް ގެ އެކްޓިން ކެރިއާ ފެށުމުގެ ކުރިންވެސް އޭނާ ވަނީ 2008 ވަނަ އަހަރު ޔަރުން ވަރްސަނޯ އާއި ޒަވާޖީ ގޮތުން ގުޅިފައެވެ. އަދި ގާލް ގެ ދެ ކުދިންވެސް އެބަ ތިއްބެވެ.

ގާލް ގެ އުމުރުން 36 އަހަރު ނަމަވެސް އޭނާ އަދިވެސް ހީވަނީ 26 އަހަރުގެ ޒުވާނެއްހެންނެވެ.  

 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް