ads
އެސްޓީއޯ
އެސްޓީއޯއަށް 114 މިލިއަން ރުފިޔާގެ ފައިދާއެއް
މިއަހަރުގެ ފުރަތަމަ ކުއާޓާގައި އެސްޓީއޯއަށް 114 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިއްޖެއެވެ.

ނަމަވެސް މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓާ އާއި އަޅާ ބަލާއިރު މިއަހަރުގެ ފުރަތަމަ ކުއާޓާގައި އެސްޓީއޯއަށް ލިބުނު އާމްދަނީ 336 މިލިޔަން ރުފިޔާ ދަށަށް ގޮސްފައިވާ ކަމަށް އެސްޓީއޯގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

މިއަހަރުގެ ފުރަތަމަ ކުއާޓާގައި އެސްޓީއޯއަށް 2،156 މިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިފައި ވާއިރު މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓާގައި އެސްޓީއޯއަށް ލިބިފައި ވަނީ 2،492 މިލިޔަން ރުފިޔާގެ އާމްދަނީއެކެވެ. މިއީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓާއާ އަޅާ ބަލާއިރު 300 މިލިޔަން ރުފިޔާގެ ދަށް އަދަދެކެވެ. 

ނަމަވެސް މިދިޔަ އަހަރުގެ ފަހު ކުއާޓާ އާއި އަޅާ ބަލާއިރު މިއަހަރުގެ ފުރަތަމަ ކުއާޓާގައި އެސްޓީއޯއަށް ލިބުނު އާމްދަނީ ވަނީ ވެފައެވެ. މި އިތުރުވުމެގެ މައިގަނޑު ސަބަބެއް ކަމަށް އެސްޓީއޯގެ މިއަހަރުގެ ފުރަތަމަ ކުއާޓާ ރިޕޯޓުގައި ބުނެފައިވަނީ މިދިޔަ އަހަރަށް ވުރެ މިއަހަރުގައި އެކުންފުނިން ވިއްކާ ތެލުގެ އަގު 21 އިންސައްތަ އިތުރު ވުމެވެ.

މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓާގައި ސާފު ފައިދާގެ ގޮތުގައި އެސްޓީއޯއަށް ވަނީ 114 މިލިޔަން ރުފިޔާ ލިބިފައެވެ. ނަމަވެސް މިއަހަރު ސާފު ފައިދާގެ ގޮތުގައި އެކުންފުންޏަށް ލިބިފައިވަނީ 109 މިލިޔަން ރުފިޔާއެވެ. މިއީ ފަސް މިލިޔަން ރުފިޔާގެ ދަށް އަދަދެކެވެ. 

ނަމަވެސް މިދިޔަ އަހަރުގެ ފަހު ކުއާޓާގައި އެކުންފުންޏަށް ލިބިފައިވާ ސާފު ފައިދާއަށްވުރެ މިއަހަރު ލިބުނު ފައިދާ ވަނީ 18 މިލިޔަން ރުފިޔާ އިތުރު ވެފައެވެ. މިދިޔަ އަހަރުގެ ފަހު ކުއާޓާގައި އެކުންފުންޏަށް ލިބިފައިވަނީ 91 މިލިޔަން ރުފިޔާގެ ސާފު ފައިދާއެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް