ads
މިސްކިތެއްގައި މީހަކަށް ފަރުވާދެނީ-
މިސްކިތްތަކުގެ ދޮރުތައް ހިންދޫންނަށް ހުޅުވާލައިފި
އިންޑިއާގައި ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުން އަންނައިރު ބަލި ކޮންޓްރޯލް ކުރުމަށް އެގައުމުގައި ދަނީ ބޮޑެތި ފިޔަވަޅުތައް އަޅަމުންނެވެ. ނަމަވެސް އެގައުމުގެ ހާލަތު ދަނީ ގޯހުން ގޯހަށެވެ.

އެގައުމުގެ އެކި ހިސާބުތަކުގައި ދިރިއުޅޭ މުސްލިމުން ދަނީ އެމީހުންގެ ސްކޫލްތަކާއި މިސްކިތްތައް ވަގުތީ ގޮތުން ކޮވިޑަށް ފަރުވާދޭ މަރުކަޒުތަކަށް ހަދަމުންނެވެ.

އިއްޔެ އެކަނިވެސް އިންޑިއާގައި 401،993 މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު އެއީ މިހާތަނަށް އެއް ދުވަސް ތެރޭ އެންމެ ގިނަ މީހުން ޕޮޒިޓިވްވި ފުރަތަމަ ގައުމެވެ.

ބަރަކާތްތެރި ރަމަޟާން މަހު މުސްލިމް ޖަމިއްޔާ ޖަމާއަތް ތަކާއި އަމިއްލަ ފަރުދުން ވެސް ދަނީ މިހާލަތުން އަރައިގަންނަން އެގައުމަށް އެތައް އެހީއެއް ވަމުންނެވެ.

މިސްކިތްތަކުގައި އެއްވެސް ނަމާދެއް ނުކުރެވޭ މި ދަނޑިވަޅުގައި އެގައުމުގެ ބައެއް ހިސާބުތަކުގެ މުސްލިމުން ދަނީ އޮކްސިޖަންއާއެކު އެނދުތައް މިސްކިތްތަކުގައި ބަހައްޓަމުންނެވެ. 

ގުޖުރާތުގައި ހުންނަ އިސްލާމިކް ސެމިނަރީއެއް ކަމަށްވާ ދާރުލް އުލޫމްގެ ޕްރިންސިޕަލް، މުފްތީ އާރިފް އައްބާސް އަނަދޮލޫ އޭޖެންސީއަށް ބުނެފައިވަނީ މިހާރު އެތަނަކީ ކޮވިޑް-19 އަށް ފަރުވާދޭ ފެސިލިޓީއެއް ގޮތަށް ހިންގާތާ ހަފްތާއެއް ވެއްޖެކަމަށެވެ. އަދި މިހާތަނަށް އައި އިރު ގިނަ އަދަދެއްގެ މީހުންނަށް އެ ފެސިލިޓީގައި ފަރުވާ ދެވިއްޖެ ކަމަށްވެސް އައްބާސް ބުނެއެވެ.

your imageމިސްކިތެއް ފަރުވާދޭ މަރުކަޒަކަށް ހަދާފައި-

އިންޑިއާގެ ގިނަ ހިސާބުތަކުގައި އޮކްސިޖަންއާއި ފަރުވާދޭނެ އެނދު ނެތް އިރު މުސްލިމް ގްރޫޕްތަކުން ދަނީ އެހީވުމަށް ބޮޑެތި ކެމްޕެއިން ކުރަމުންނެވެ.

އެހީވާ ފަރާތްތަކުން އޮކްސިޖެން ސިލިންޑަރާއި އެނދުތައް ފޯރުކޮށްދެނީ އެއްވެސް އަގަކާއި ނުލައެވެ. މިދަތި ހާލުގައިވެސް އިންޑިއާގެ މުސްލިމުން ދަނީ އެގައުމުގެ ވަކި ނަސްލެއް ވަކި ދީނަކަށް ބެލުމެއް ނެތި ހާލުގައި ޖެހިފައި ތިބި މީހުންނަށް އެހީތެރިވަމުންނެވެ. 

your imageކޮވިޑަށް ފަރުވާދޭން ތައްޔާރުކޮށްފައި

ދިއްލީގައި ވެސް ގިނަ އަދަދެއްގެ މިސްކިތްތައް މިހާރުވަނީ ކޮވިޑަށް ފަރުވާދޭ މަރުކަޒުތަކަށް ބަދަލުކުރެވިފައެވެ. 

މުސްލިމް ގްރޫޕްތަކުން ވަނީ ހާލުގައި ޖެހިފަ ތިބި މީހުންނަށް އެހީވުމަށް ހެލްޕް ލައިނެއްވެސް ގާއިމްކޮށްފައެވެ. 

ދިއްލީގައި ހުންނަ ސްޓޫޑެންޓް އިސްލާމިކް އޯގަނައިޒޭޝަން އޮފް އިންޑިއާގެ ތަރުޖަމާނު މުއްސަބު ގާޒީ ބުނެފައިވަނީ މިހާރު ދިއްލީގައި މުސްލިމު ދަރިވަރުންގެ ޓާސްކުފޯސް އެއް އެކުލަވާލައިފައިވާ ކަމަށެވެ. އަދި އެޓާސްކް ފޯހުން ދަނީ 24 ގަޑިއިރު ބަލި މީހުންނަށް ބޭނުންވާ އެހީ ފޯރުކޮށްދެމުން ކަމަށްވެސް މުއްސަބު ބުނެއެވެ.

"އަހަރުމެންގެ ޓާސްކުފޯހުން ކުރާ ކަމަކީ އެހީއަށް ބޭނުންޖެހިފައިވާ މީހުންނަށް އެނދު، އޮކްސިޖެން އަދި ރެމްދެސްވިރް ފަދަ ބޭސް ހޯދައި ދިނުން" މުއްސަބު ބުނެއެވެ.

ހުކުރު ދުވަހު އިންޑިއާ ސަރުކާރުން ބުނީ އޮކްސިޖަން އާއި ރެމްދެސްވިރް އިމްޕޯޓް ކުރަން މިސްރު އަދި އެމެރިކާ އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށެވެ.  

އިންޑިއާ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 18.7 މިލިއަނަށް އަރާފައެވެ. މަރުވި މީހުންގެ އަދަދު 208،330 އަރާފައިވާއިރު ކުރިއަށް އޮތް ހަފްތާތަކުގައި މަރުވާ މީހުންގެ އަދަދު އިތުރުވެގެން ދާނެ ކަމަށްވެސް ތަޖުރިބާކާރުން ބުނެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް