ads
ރުބީނާ
ރުބީނާވެސް ކޮވިޑަށް ޕޮޒިޓިވްވެއްޖެ
ކަލާސް ޓީވީން ދައްކާ މަޝްހޫރު ޝޯ، "ބިގް ބޮސް" ގެ 14 ވަނަ ސީޒަން، ކާމިޔާބު ކޮށްފައިވާ ރުބީނާ ދިލަކް ވެސް ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ.

ރުބީނާ ވަނީ އޭނާ ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަން އިންސްޓާގްރާމްގައި ހިއްސާކޮށްފައިވާ ޕޯސްޓެއްގައި ބުނެފަ އެވެ.

އެ ޕޯސްޓުގައި ރުބީނާ ބުނެފައި ވަނީ އޭނާއަށް ކޮވިޑް ބަލި ޖެހިފައިވީ ނަމަވެސް އެކަމާ އޭނާ ހާސްނުވާ ކަމަށެވެ. އަދި ބަލިން ރަނގަޅުވުމުން އޭނާގެ ގައިން މީހުންނަށް އެންޑި ބޮޑީސް ދެވޭނެ ކަމަށް ވެސް ރުބީނާ ބުނެފައި ވެއެވެ. 

އޭނާ ބަލިން ފަސޭހަވެ ބަލިން ރައްކާތެރި ކުރުމަށް އެހެންމީހުން އެހީތެރިވުމަކީ ކުރާ އުންމީދެއް ކަމަށް ވެސް ރުބީނާ ވަނީ ބުނެފަ އެވެ.

ރުބިނާ ބުނެފައި ވަނީ އޭނާ މިހާރު ހުރީ އެކަހެރިވެގެން ކަމަށާއި 17 ދުވަހުގެ ކަރަންޓީނެއްގައި ހުރިކަމަށެވެ. އަދި އޭނާއާ ކޮންޓެކްޓުވެފައިވާ މީހުން ވީހާވެސް އަވަހަށް ޓެސްޓުކުރަމަށް ދިއުމަށް ރުބީނާ ވަނީ އެދިފަ އެވެ.

ރުބީނާ އަކީ އިންޑިއާގެ އެކި ސީރީޒްތަކުގައި އިސްރޯލުތަކުން ފެނިފައިވާ ތަރި އެކެވެ. އަދި އޭނާއަށް ގިނަ ބައެއްގެ މަގުބޫލުކަން ވެސް ވަނީ ލިބިފަ އެވެ.

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
17%
ވަރަށް ސަލާމް
ކޮމެންޓްސް