ads
ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގައި ޗާޕްކޮށްފައިވާ ވޯޓް ކަރުދާސްތަކެއް -- ފޮޓޯ: ވީނިއުސް
މާވަށު ހުރިހާ ގޮޑިއެއް ދެވަނަ ބުރުގަ ވެސް ޕީޕީއެމްއަށް
ލ. މާވަށު ކައުންސިލްގެ ރައީސް ކަމާއި ކައުންސިލްގެ މެންބަރު ކަމާއެކު މާވަށުގެ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ފަސް ގޮނޑި ދެވަނަ ބުރުން ނެގި ވޯޓުގައިވެސް އިދިކޮޅު ކޯލިޝަނުން ކާމިޔާބު ކޮށްފި އެވެ.

އެ ކާމިޔާބީ ފާހަގަކުރަމުން އިދިކޮޅުން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ މާވަށުގައި ބެހެއްޓި ދެ ނަންބަރު ވޯޓު ފޮށްޓަށް ލީ ވޯޓުތަކުގެ ތެރެއިން މާވަށު ކައުންސިލްގެ ރައީސް އާއި ކައުންސިލް މެންބަރުގެ ވޯޓުތައް ބާތިލުކޮށް އަލުން ނެގުނު ވޯޓުން މާވަށު ކައުންސިލްގެ ރައީސް ގެ މަގާމާއި ކައުންސިލްގެ މެންބަރުގެ މަގާމު އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓުން ވަނީ ސަރުކާރު ކެންޑިޑޭޓުންގެ މައްޗަށް ކާމިޔާބު ހޯދާފައި ކަމަށެވެ.

އަދި މާވަށު ކައުންސިލްގެ ރައީސްގެ ގޮނޑި ޕީޕީއެމްގެ ކެންޑިޑޭޓު އަހްމަދު މޫސާ 4 ވަނަ ފަހަރަށް ކާމިޔާބު ކޮށްފައިވަނީ 26 ވޯޓުގެ ތަފާތަކާއެކުގައި ކަމަށާއި މާވަށު ކައުންސިލް މެންބަރުގެ ގޮނޑި ޕީޕީއެމްގެ ކެންޑިޑޭޓު އިބްރާހީމް އަބޫބަކުރު ކާމިޔާބު ކޮށްފައިވަނީ 11 ވޯޓުގެ ތަފާތަކާއެކުގައި ކަމަށް ވެސް ބުނެ ފައި ވެއެވެ. 

އެ ނަތީޖާއާއި އެކު މާވަށު ކައުންސިލްގެ ފަސް ގޮނޑިއާއި އެރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ފަސް މެންބަރުންނާއެކު ޖުމްލަ 10 ގޮނޑި ޕީޕީއެމް އިން ވަނީ ކާމިޔާބުކޮށްފައި ކަން އިދިކޮޅުން ފާހަގަކޮށްފައި ވެއެވެ.

މާވަށުން ހޯދީ ކާމިޔާބީގެ އުފަލުގައި، ޕީޕީއެމްގެ ރައީސް ރައީސް ޔާމީނާއި އިދިކޮޅު ކޯލިޝަންގެ ލީޑަރޝިޕާއި، ކައުންސިލާއި ސްޓިއަރިން ކޮމިޓީ ތަކާއި އާންމު މެންބަރުންގެ ނަމުގައި އެ ފާޓީން ވަނީ މަރުހަބާ ކިޔާފަ އެވެ.

އިދިކޮޅުން ބުނެފައި ވަނީ މާވަށުގައި ބެހެއްޓުނު ދެ ނަންބަރު ވޯޓު ފޮށްޓަށް ލާފައިވާ ވޯޓުތަކުގެ ތެރެއިން ކައުންސިލް ރައީސް އާއި ކައުންސިލް މެންބަރުގެ އެއް މަގާމުގެ ވޯޓު ބާތިލުކޮށް އެފޮށީގެ ވޯޓު އަލުން ނަގާފައިވަނީ އޭޕްރީލް މަހުގެ 10 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އެ ވޯޓު ފޮށްޓަށް ދާއިރާއިން ބޭރު މީހަކު ވޯޓުލުމާއި ގުޅިގެން ކަމަށެވެ

ހަމަ މިއާއެކު، މިފަހަރުގެ ލޯކަލް ކައުންސިލް ތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ އިންތިހާބުގައި ޕީޕީއެމުން ވާދަކުރި ގޮނޑިތަކުގެ 50 އިންސައްތަ އަށް ވުރެ ގިނަ ގޮނޑި ޕީޕީއެމުން ވަނީ ކާމިޔާބުކޮށްފައި ކަންވެސް އިދިކޮޅުން ފާހަގަކޮށްފައި ވެއެވެ.

އެހެން ކަމުން މުޅި ރާއްޖެއިން ޕީޕީއެމުން ހޯދީ ބޮޑު ކާމިޔާބީގައި މަސައްކަތް ކުރި ހުރިހާ މީހުންނަށާއި ޕީޕީއެމަށް ވޯޓު ދިން އެންމެހާ ރައްޔިތުންނަށް އެ ކޯލިޝަނުން ވަނީ ޝުކުރު އަދާކޮށްފަ އެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް