ads
ހޯމް މިނިސްޓަރ އިމްރާންއާއި ސީޕީ ހަމީދު
ރައްޔިތުންގެ ކަންބޮޑުވުން އެނގޭ، މައްސަލަ މިދަނީ ބަލަމުން: ސީޕީ ހަމީދު
ޖިންސީ ގޯނާގެ މައްސަލަތަކާ ގުޅިގެން ރައްޔިތުންގެ ކަންބޮޑުވުންތައް އިހުސާސް ކުރެވޭ ކަމަށާއި، މުޒާހަރާގެ ތެރެއިން ބާރުގެ ބޭނުން ކުރި މައްސަލަ ގާތުން ބަލަމުންދާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދް ވިދާޅުވެއްޖެއެވެ.

އޮފީސް މާހައުލުގައި ހިނގާ ޖިންސީ ފުރައްސާރައާ ދެކޮޅަށް ޒުވާނުންތަކެއް ނުކުމެ ރޭ ކުރި މުޒާހަރާގެ ތެރެއިން މުޒާހަރާގެ ބައިވެރިންނަށް ފުލުހުން އަނިޔާކުރި ކަމުގެ ތުހުމަތުތަކާއެކު ފުލުހުންނަށް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައެވެ. އެގޮތުން މުޒާހަރާގެ ތެރެއިން ބަޔަކު ހައްޔަރުކޮށްފައިވާއިރު، ހައްޔަރުކުރުމުގެ ތެރޭގައި އަނިޔާވާގޮތައް ފުލުހުން އަމަލުކުރާ ވީޑީއޯތައް ދަނީ ސޯޝަލް މީޑިއާގައިވެސް ދައުރުވަމުންނެވެ.

މިކަމާ ގުޅިގެން ސީޕީ ހަމީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރޭ ކުރި މުޒާހަރާގެ ތެރެއިން ފުލުހުން ބާރުގެ ބޭނުންކުރި ގޮތް ބެލުމަށް މިހާރު އަންގާފައިވާ ކަމަށެވެ. އަދި ޖިންސީ ފުރައްސާރައާ ގުޅިގެން ރައްޔިތުންގެ ކަންބޮޑުވުންތައް އިހުސާސްވާ ކަމަށާއި، ބާރުގެ ބޭނުންކުރި ފުލުހުންގެ މައްސަލަ ޕްރޮފެޝަނަލް ސްޓޭންޑާޑްގެ ދަށުން ކުރިއަށްދާ ކަމަށްވެސް ސީޕީ ހަމީދު ވިދާޅުވިއެވެ.

ރޭގެ މުޒާހަރާގެ ތެރެއިން ޖުމްލަ 4 މީހުން ހައްޔަރުކޮށްފައިވާއިރު، ބައިވެރިންގެ ގަޔަށް ފުލުހުން ޕެޕާ ސްޕޭ ޖަހާ މަންޒަރު ފެނިގެންދާ ވީޑިއޯތައްވެސް ވަނީ އާންމުވެފައެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް