ads
މޯލްޑިވްސް މީޑިއާ ކައުންސިލް--
ނޫސްވެރިންގެ ކިބައިންވެސް ބޭއަދަބީ އަމަލުތައް ފާހަގަވި: މީޑިއާ ކައުންސިލް
އިހުތިޖާޖު ކަވަރު ކުރުމުގެ ތެރެއިން ނޫސްވެރިންގެ ކިބައިންވެސް ނޫސްވެރިކަމުގެ އަހުލާގީ މިންގަނޑުތަކާ ނުގުޅޭ ބޭއަދަބީ އަމަލުތައް ފެނިގެންދިޔަ ކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ބުނެފިއެވެ.

އޮފީސް މާހައުލުގައި ހިނގާ ޖިންސީ ފުރައްސާރައާ ދެކޮޅަށް ޒުވާނުންތަކެއް ނުކުމެ ރޭ ކުރި މުޒާހަރާއާއި ގުޅިގެން އެމްއެމްސީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ނޫސްވެރިންގެ ކިބައިން ނޫސްވެރިކަމުގެ އަހުލާގީ މިންގަނޑުތަކާ ނުގުޅޭ ބޭއަދަބީ އަމަލުތައް ފެނިގެންގޮސްފައިވާތީ، އެ ކައުންސިލުން އެކަން ކުށްވެރިކުރާ ކަމަށެވެ. 

މީގެ އިތުރުން ނޫސްވެރިކަމުގެ އަހުލާގީ މިންގަނޑުތަކާ ނުގުޅޭ ބޭއަދަބީ އަމަލުތައް ނޫސްވެރިންގެ ކިބައިން ފެނުމުންއެ ކައުންސިލުން އެކަމާ ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

އެކައުންސިލުން ވަނީ، ނޫސްވެރިންނަކީ މުޖުތަމައު ތެރޭ އުޅޭއިރު އަދި ހާއްސަކޮށް މަސައްކަތުގައި އުޅޭއިރު ވަކި މިންގަނޑުތަކެއް ހިފަހައްޓާ، މުޅި މުޖުތަމައުއަށް ނަމޫނާ ބަޔަކަށް ވާން ޖެހޭ ބައެއް ކަމަށް ބުނެފައެވެ. އަދި ނޫސްވެރިންމިނިވަންކަމުގެ އިމުގެ ތެރެއިން، ޕްރޮފެޝަނަލް ވާޖިބު އަދާ ކުރަމުންދާ ހިނދު އެއްވެސް މީހަކު ނޫސްވެރިޔާގެ މަސައްކަތަށް ހުރަސްއެޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އެ ކައުންސިލުން ބުނެފައިވެއެވެ. 

ރޭގެ މުޒާހަރާ ކަވަރު ކުރުމުގައި ހަރަކާތްތެރިވި ބައެއް ނޫސްވެރިންގެ މަސައްކަތަށް ފުލުހުންގެ ފަރާތުން ހުރަސް އަޅާ، ނޫސްވެރިންނާއި ބޭއަދަބީ ބަހުރުވައިން މުހާތަބުކޮށް، ހާލަތާއި ނުބައްދަލު ބާރުގެ ބޭނުން ކޮށްފައިވާ ކަމުގެ ޝަކުވާ އެކައުންސިލަށް މީޑިއާތަކާއި ނޫސްވެރިން ހުށަހަޅާފައިވާ ކަމަށް އެ ކައުންސިލުން ބުނެފައިވެއެވެ. އަދި މިކަން އެ ކައުންސިލުން ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.

މި މުޒާހަރާގައި ކަންހިނގިގޮތް ބަލާ، ނޫސްވެރިންގެ މަސައްކަތްތަކަށް ހުރަސްއަޅާފައިވާ ނަަމަ، އެކަމަށް އަޅަންޖެހޭފިޔަވަޅުތައް އެޅުމަށް އެކައުންސިލުން ގޮވާލާފައިވެއެވެ. 

ރޭގެ މުޒާހަރާގެ ތެރެއިން ޖުމުލަ ހަތަރު މީހުން ހައްޔަރުކޮށްފައިވާއިރު، ބައިވެރިންގެ ގަޔަށް ފުލުހުން ޕެޕާ ސްޕޭ ޖަހާ މަންޒަރު ފެނިގެންދާ ވީޑިއޯތަކެއް ވަނީ އާންމުވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް