ads
ރައީސް އޮފީސް
ރައީސް އޮފީހުގެ ދެބޭފުޅެއްގެ މަގާމު މަތިކޮށްފި
ރައީސް އޮފީހުގެ "އެންޓި ޓެރަރިޒަމް ކޮންސަލްޓަންޓް"ގެ މަގާމުގައި ހުންނެވި އައިޝަތު ނޫޝީން ވަހީދާއި، "ޗީފް އެކްޒެކެޓިވް ޓު ވައިސް ޕްރެޒިޑެންޓް"ގެ މަގާމުގައި ހުންނެވި ނަޒްރާ ނަސީމުގެ މަގާމުގެ މަތިކޮށްފި އެވެ.

"އެންޓި ޓެރަރިޒަމް ކޮންސަލްޓަންޓް"ގެ މަގާމުގައި ހުންނެވި ނޫޝީންއަށް މަގާމުގެ ކުރިއެރުން ދިނުމުން މިހާރު އޭނާގެ މަގާމަކީ ރައީސް އޮފީހުގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒާސް އޮފީހުގެ ސެކްރެޓަރީގެ މަގާމެވެ. އަދި ނައިބު ރައީސް ފައިސަލް ނަސީމުގެ ޗީފް އެކްޒެކެޓިވް މަގާމުގައި ކުރިން ހުންނެވި ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްގެ އަނބިކަބަލުން އަދި ނައިބު ރައީސްގެ ކޮއްކޯފުޅު ނަޒްރާގެ މަގާމު މިހާރުވަނީ ސްޓޭޓް މިނިސްޓަރު ފެންވަރުގެ މަގާމަކަށް ބަދަލުވެފައެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒު ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ނޫޝީން އާއި ނަޒްރާގެ މަގާމަށް ބަދަލުގެނެވިފައިވަނީ މިއަހަރުގެ ތެރޭގައި ކަމަށެވެ. އެގޮތުން ނަޒްރާއަށް މަގާމުގެ ކުރިއެރުން ދީފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. އަދި ނޫޝީންގެ މަގާމަށް ބަދަލުގެނެވުނީ މިދިޔަ މަހުގެ އެޕްރީލް މަހުގެ ހަތަރުވަނަ ދުވަހުއެވެ. 

your imageމަގާމުގެ ކުރިއެރުން ދީފައިވާ ނަޒްރާ އަދި ނޫޝީން------

ރައީސް އޮފީހުގެ ސީނިއާ ލެވަލްގެ ދެބޭފުޅެއްގެ މަގާމު މަތިކޮށްފައިވާއިރު ރައީސް އޮފީހުގެ ކެބިނެޓަށްވެސް ބޮޑެތި ބަދަލުތަކެއް ގެންނަންވަނީ ނިންމާފައެވެ. އެގޮތުން ފިޝަރީޒް މިނިސްޓްރީ އާއި ހަޔާ އެޑިޔުކޭޝަން މިނިސްޓްރީގެ އިތުރުން އެންވަޔަރަމެންޓް މިނިސްޓްރީގެ މަގާމަށް ބަދަލުތަކެއް ގެންނަން ނިންމަވާފައިވާކަމަށް ސީއެންއެމްއަށް ވަނީ މައުލޫމާތު ލިބިފައެވެ.

މިހާރު ފިޝަރީޒް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވީ އެމްއާރްއެމްގެ ސްލޮޓް ގައި ޒަހާ ވަހީދުއެވެ. އަދި ހަޔާ އެޑިޔުކޭޝަން މިނިސްޓަރުގެ މަގާމްގައިވެސް ހުންނެވީ އެމްއާރްއެމްގެ ސްލޮޓްގައި  އިބްރާހިމް ހަސަން (ޗަބީ) އެވެ. އަދި އެންވަޔަރަމެންޓް މިނިސްޓަރުގެ މަގާމުގައި ހުންނެވީ ޖުމްހޫރީ ޕާޓީގެ ސްލޮޓްގައި  ޑރ. ހުސައިން ރަޝީދު ހަސަން އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރައްޔިތުންގެ ކަންބޮޑުވުންތަކާ ގުޅިގެން ބައެއް މިނިސްޓްރީތަކުގެ ހިންގުމަށް މުހިއްމު ބަދަލުތަކެއް ގެންނަވާނެކަން، މިސަރުކާރު ކޯލިޝަންގައި ހިމެނޭ ބައެއް ޕާޓީތަކުގެ ލީޑަރުންނަށް ސިޓީއަކުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އަންގަވާފަ އެވެ. ނަމަވެސް ކެބިނެޓަށް ބަދަލު ގެންނަށް އުޅޭކަމަށް އެމްއާރްއެމްއަށް ލިބުނު ސިޓީގައި ނެތް ކަމަށް ވަރަށް އިތުބާރު ހުރި މަސްދަރަކުން ސީއެންއެމް އަށް ވަނީ މައުލޫމާތު ލިބިފައެވެ. ސީއެންއެމް އަށް އެނގިފައިވާ ގޮތުގައި އެމްއާރްއެމްއަށް ލިބިފައިވާ ސިޓީގައި އޮތީ ސިޔާސީ މަގާމުތަކަށް ބަދަލު ގެންނަ ވާހަކަ އެވެ.

ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް، އަލީ ޒާހިރު ސޮއިކުރައްވައި ފޮނުއްވި ސިޓީގައި ބުނެފައިވަނީ ބައެއް މިނިސްޓްރީތަކުގެ ހިންގުމަށް މުހިއްމު ބަދަލުތަކެއް ގެންނަނީ ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ވީހާ ވެސް އަވަހަކަށް ފުއްދައި ރައްޔިތުން ބަލައިގަންނަ ފަދަ މަސައްކަތްތަކަށް ހެދުމަށް ކަމަށެވެ. 

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް