ads
އިމްތިޔާޒް ފަހުމީ
ފޮނުވާނެ ކަމަށް ބުނި 33 ބިލުގެ ތެރެއިން ފޮނުވީ 7 ބިލް
މަޖިލީހަށް ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ތެރޭގައި މަޖިލީހަށް ފޮނުވާނެކަމަށް ސަރުކާރުން ބުނި 33 ބިލުގެ ގެތެރެއިން މަޖިލީހުގެ ފުރަަތަމަ ދައުރު ނިމުނު އިރު ފޮނުވާފައިވަނީ އެންމެ ހަތް ބިލު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ބުނެފިއެވެ.

މަޖިލީހަށް ފޮނުވާ ބިލްތައް ގާނޫނަށް ނުވެ ލަސްވާ ކަމަށްބުނެ ސަރުކާރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މިކަމާ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަަކަދައްކަވަމުން ޖުޑީޝަރީ ކޮމިޓީގެ މުގައްރިރު އިމްތިޔާޒު ފަހުމީ ވިދާޅުވީ މަޖިލީހަށް ވާދަކުރި އިރު ވީ ވައުދުތަކުގެ ތެރޭގައި ހިމެނޭ ލެޖިސްލޭޓިވް އެޖެންޑާގެ މުހިންމު ބިލްތައް ސަރުކާރުން މަޖިލީހަށް ފޮނުވާފައި ނުވާ ކަމަށެވެ.

"އަޅުގަނޑުމެންނަށް ސަރުކާރުން ހިއްސާކުރި އެއް މައުލޫމާތަކީ، މި ރައްޔިތުންގެ މަޖިލީހުގެ 2021 ވަނަ އަހަރުގެ ފުރަތަމަ ދައުރަށް ފޮނުއްވަވާނެ ކަމަށް ވިދާޅުވި ބިލްތަކެއް، އެއީ ގާތްގަނޑަކަށް 33 ބިލު. 33 ބިލު މި މަޖިލީހުގެ 2021 ވަނަ އަހަރުގެ ފުރަތަމަ ދައުރު، މި ނިމި ދިޔައީ މިހާރު އަނެއްކާ ރިސެސް ވަގުތުކޮޅެއް މިއޮތީ. ނުފޮނުއްވަވާ."

މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ބޭއްވި ޕްރެސްގައި ވާހަކަ ދައްކަވަމުން އިމްތިޔާޒު ވިދާޅުވީ 33 ބިލުގެ ތެރެއިން ފޮނުވީ އެންމެ ހަތް ބިލު ކަމަށެވެ.

އެގޮތުން އިންސާފު ގާއިމުކުރުމަށް ކޮންމެހެން ބޭނުންވާ، ސަރުކާރުގެ އަދި އެމްޑީޕީގެ ވައުދުތަކުގެ ތެރޭގައިވެސް ހިމެނޭ ބިލްތަކުގެ ތެރެއިން ސަރުކާރުން ފޮނުވާނެކަމަށް ބުނި ބިލްތައް ނުފޮނުވާކަންވެސް އިމްތިޔާޒު ފާހަގަކުރެއްވިއެވެ. އޭގެ ތެރޭގައި:

  • ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ހެއްކާބެހޭ ބިލް
  • ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ބިލު، ހިމެނޭ ކަމަށް އިމްތިޔާޒު ވިދާޅުވިއެވެ.

އެހެންކަމުން އިންސާފު ނުލިބެނީ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގެ މަސައްކަތް ލަސްވެގެން ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށްވެސް އިމްތިޔާޒު އިތުރަށް ވިދާޅުވިއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް