ads
މޯލްޑިވްސް މީޑިއާ ކައުންސިލް--
ނޫސްވެރިކަމުގެ މިސްރާބު ރަނގަޅު ދިމާލަކަށް
2021 ވަނަ އަހަރަކީ ރާއްޖޭގެ ނޫސްވެރިކަމުގައި އާ ހަރުފަތްތަކެއް ގިރާކޮށް އިންގިލާބީ ބަދަލެއް ގެނުވި އަހަރެއް ކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ބުނެފިއެވެ.

އެގޮތުން ނޫސްވެރިކަމުގެ މިނިވަންކަން ދަރަޖަ ކުރާ ޕްރެސް ފްރީޑަމް އިންޑެކްސްގައި މިއަހަރު ރާއްޖެއިން އިތުރު ހަތް ދަރަޖައިގެ ކުރިއެރުމެއް ހޯދައި އެ އިންޑެކްސްގެ 72 ވަނައަށް އަރާފައިވާ ކަމަށާ، މިއީ ދެކުނު އޭޝިއާ ސަރަހައްދުން މިއަހަރުވެސް ފާހަގަ ކޮށްލެވޭ ކާމިޔާބީއެއް ކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ވަނީ ބުނެފައެވެ. 

ވޭތުވެދިޔަ ތިން އަހަރުގައިވެސް ނޫސްވެރިކަމުގެ މިނިވަންކަމުގައި ރާއްޖެއަށް އަހަރަކަށްވުރެ އަހަރެއްގެ ކުރިއެރުމެއް ހޯދަމުން އަންނަ ކަމަށާ، ނޫސްވެރިކަމުގެ މިނިވަން ކަމަކީ ގާނޫނު އަސާސީން ކަށަވަރު ކޯށްދީފައިވާ އަސާސީ ހައްގަކަށް ވާއިރު، އެމިނިވަންކަން އެންމެ ފުޅާ ދާއިރާއެއްގައި ލިބިދިނުމަށް މަސައްކަތް ކުރާނެ ކަމަށްވެސް މީޑިއާ ކައުންސިލުން ބުންޏެވެ. 

އަދި ކޮވިޑް-19 ގެ ސަބަބުން މިހާރު ނޫސްވެރިންވެސް މަސައްކަތް ކުރަން ޖެހިފައިވަނީ އާ އާންމު ހާލަތެއްގައި ކަމަށް ވާއިރު، ރައްޔިތުންނާ ހަމަޔަށް ހާމަކާމާ، ހަމަހަމަ ކަމާއެކު މައުލޫމާތު ފޯރު ކޮށްދިނުމަށް ނޫސްވެރިން ކުރަމުންދާ މަސައްކަތަށް ތައުރީފު ހައްގު ކަމަށްވެސް މީޑިއާ ކައުންސިލުގެ ބަޔާނުގައި ބުނެފައި ވެއެވެ. 

ޔުނެސްކޯއިން މިއަހަރުގެ ނޫސްވެރިކަމުގެ މިނިވްނަކަމުގެ ދުވަހަށް ކަނޑައަޅާފައިވާ ޝިއާރަކީ "މައުލޫމާތު ރައްޔިތުންގެ ހައްގެއްގެ ގޮތުގައި" އެވެ. 

މިއަދު ފާހަގަކުރަމުންދާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅިގެން ފޮނުއްވި ތަހުނިޔާގެ ހިތާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ކޮންމެ ކަމެއްގައިވެސް އެންމެ ފުރިހަމަ ތެދު މަޢުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމާއެކީ، ފަނާކުރަނިވި އެންމެހައި ކަންކަމުން ރައްޔިތުން ދުރުހެލިކޮށް، ގައުމު ބިނާކޮށް އާރާސްތުކުރުމުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަށް މަސައްކަތް ކުރުމަކީ ނޫސްވެރިންގެ އެންމެ މަތީ ޒިންމާކަމަށް ހެދުން މުހިންމު ކަމަށެވެ.

2018 ވަނަ އަހަރު މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ އޮތީ 120 ވަނައިގައެވެ. ނަމަވެސް މިހާރު ރާއްޖެ ވަނި ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސްގައި ބޮޑު ކުރިއެރުމެއް ހޯދާ 72 ވަނައަށް އަރާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް