ads
ނުހައިކް ފޮޓޯ:---
ފަރުވާދެމުން ދަނިކޮށް ނުހައިކް ނިޔާވެއްޖެ
ކެންސަރަށް ފަރުވާ ހޯދަމުންދިޔަ، އުމުރުން 11 އަހަރުގެ މުހައްމަދު ނުހައިކް ބިން މުހައްމަދު ރިޔާޒް ނިޔާވެއްޖެ އެވެ.

އޭނާ ނިޔާވީ އައިސީޔޫގައި ވެންޓިލޭޓަރުގައި ފަރުވާ ދެނިކޮށް، ރާއްޖޭގެ ގަޑިން މިއަދު ހެނދުނު 11 ޖަހާކަންހާއިރު އެވެ.

ނުހައިކް ނިޔާވީ އިންޑިއާގެ ކިމްސް ހޮސްޕިޓަލުގައި ކެންސަރަށް ފަރުވާ ހޯދަމުން ދަނިކޮށެވެ. ނުހައިކް ފަރުވާ ހޯދަމުން ދިޔައީ "ބާކިޓް ލިމްފޯމާ" ނަމަކަށް ކިޔާ ކެންސަރުގެ މަދުން ނޫނީ ނުފެންނަ ނުރައްކާތެރި ބާވަތަކަށެވެ. 

ނުހައިކް އަށް ކީމޯގެ ފުރަތަމަ ޑޯޒްދީ، އޭނާގެ ތަލިމަތީގައި އުފެދުނު ޓިއުމަރުގެ ބޮޑުބައެއް ޑޮކްޓަރުން ވަނީ ނައްތާލާފައެވެ. ނަމަވެސް ކީމޯއާއި ގުޅިގެން އޭނާގެ ހާލު ގޯސްވެ ފަރުވާދެމުން ދިޔައީ ކިމްސް ހޮސްޕިޓަލުގެ އައިސީޔޫގައެވެ. 

މީގެ ކުރިން "ސީއެންއެމް" އާއި ވާހަކަ ދައްކަމުން އާއިލާއިން މައުލޫމާތު ދިން ގޮތުގައި ނުހައިކް އަކީ އުފަންވި އިރު ވެސް ހުރި ނުކުޅެދުންތެރިކަމަށް ބޭސްފަރުވާ ކުރަމުން އަންނަ ކުއްޖެކެވެ. އޮގޮތުން އޭނާގެ އާއިލާއިން ދިޔައީ ކޮންމެ ހަ މަހަކުން އިންޑިއާއަށް ގޮސް ދަރިފުޅަށް ބޭސްފަރުވާ ކުރަމުންނެވެ. ނަމަވެސް ކޮވިޑް19 އާއި ގުޅިގެން ދިމާވި ދަތުރުފަތުރުގެ ދަތިތަކާއި އެކު އޭނާގެ ބޭސްފަރުވާއަށް ވެސް ވަނީ ބުރޫތަކެއް އަރާފައެވެ. ނުހައިކް މާބޮޑަށް ވަރުބަލިވާން ފަށާ، ހާލު ގޯސްވާން ފެށީ ވެސް އެ ދުވަސްކޮޅު އެވެ.

ނުހައިކް އަކީ އުފެދުމުގައި ވެސް ބަލިހާލަތު ހުރި ގޮތުން، ހިނގާބިގާ ނޫޅެވޭ، އަޑުއިވުމުން މަހްރޫމްވެފައިވާ އަދި ނާރުގެ މައްސަލައެއްގެ ސަބަބުން ބެލެންސް ކުރުމުގައި ވެސް ދަތިތަކެއް ކުރިމަތިވާ ކުއްޖެކެވެ.

މާތް اَللّٰهُ , ހުނައިކްއަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށި! އަދި ޢާއިލާއަށް ކެތްތެރިކަން ދެއްވާށި! 

19%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
81%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް