ads
އޭއޭއޭގެ މަތިންދާ ބޯޓެއް -- ފޮޓޯ: އޭއޭއޭ
އައްޑޫގައި ފްލައިން ސްކޫލެއް ހިންގަން ތިން ފަރާތަކުން ޕްރޮޕޯސަލް ހުށަހަޅައިފި
އައްޑޫގައި ފްލައިން ސްކޫލެއް ހިންގާނެ ބަޔަކު ހޯދަން ބީލަމަށް ހުޅުވާލި ފުރުސަތުގައި އެކަމަށް އެދި ތިން ފަރާތަކުން ޕްރޮޕޯސަލް ހުށަހަޅާފައިވާ ކަމަށް އައްޑޫ އިންޓަނެޝަނަލް އެއާޕޯޓް ކޮމްޕެނީ (އޭއައިއޭ) އިން ބުނެފި އެވެ.
އައްޑޫގައި ފްލައިން ސްކޫލެއް ހިންގާނެ ބަޔަކު ހޯދަން ބީލަމަށް ހުޅުވާލި ފުރުސަތުގައި އެކަމަށް އެދި ތިން ފަރާތަކުން ޕްރޮޕޯސަލް ހުށަހަޅާފައިވާ ކަމަށް އައްޑޫ އިންޓަނެޝަނަލް އެއާޕޯޓް ކޮމްޕެނީ (އޭއައިއޭ) އިން ބުނެފި އެވެ.

މިދިޔަ ޖުލައި މަހުގެ ތެރޭގައި ގަމުގައި ފްލައިން ސްކޫލެއް ހިންގާނެ ބަޔަކު ހޯދަން ހުޅުވާލީ މިހާރު އެތަނުގައި ފްލައިން ސްކޫލު ހިންގަމުން ގެންދާ އޭޝިއަން އެކެޑެމީ އޮފް އެއޮރޮނޯޓިކްސް (އޭއޭއޭ) އިން އަންނަ އަހަރު އެތަން ބަންދުކުރަން ނިންމާފައިވާތީ އެވެ.

މިކަމާ ގުޅިގެން އޭއައިއޭ އިން ބުނީ ގަމުގައި ފްލައިން ސްކޫލެއް ހިންގަން ޝައުގުވެރިވާ ފަރާތްތަކަށް އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއޯއައި) ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމުން 8 ފަރާތަކުން ޝައުގުވެރިކަން ފާޅުކުރި ކަމަށާއި އެކަމަކު ޕްރޮޕޯސަލް ހުށަހެޅީ ތިން ފަރާތަކުން ކަމަށެވެ.

މިކަމަށް ޕްރޮޕޯސަލް ހުށަހަޅާފައިވާ ކުންފުނިތަކުގެ ތެރޭގައި ސްރީލަންކާ އާއި އިނގިރޭސިވިލާތުގެ ކުންފުނިތައް ހިމެނެ އެވެ.

ފްލައިން ސްކޫލު ހިންގުމަށް ޕްރޮޕޯސަލް ހުށަހެޅި ނަމަވެސް މިކަމާ ގުޅޭ އިދާރީ މަސައްކަތްތައް އަދި ކުރިއަށް ނުދާ ކަމަށާއި އެކަމަކު މިމަހުގެ ތެރޭގައި މިކަމުގެ ތަފްސީލު އާންމުކުރާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

ގައުމުގައި އޭޝިއަން އެކެޑެމީ އޮފް އެއޮރޮނޯޓިކްސް އިން ފްލައިން ސްކޫލު ހިންގަމުންދާތާ މިހާރު 9 އަހަރު ވެއްޖެ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް