ads
ކާފިއުގެ ވަގުތު ބަޔަކު ބޭރުގައި އުޅެނިކޮށް ފުލުހުން ހުއްޓުވާފައި-- ފޮޓޯ: ފުލުހުން
ރޭގަނޑު 12 އިން ފަތިހު ހަތަރަކަށް ވެހިކަލް ދުއްވުން މަނާކޮށްފި
ރޭގަނޑު 12 އިން ފަތިހު ހަތަރަކަށް ވެހިކަލް ދުއްވުން މަނާކޮށްފި އެވެ.

އެޗްޕީއޭއިން މިރޭ ބާއްވާ ޕްރެސް ކޮންފަރެންސްގައި ރައީސް އޮފީހުގެ ތަރުޖަނާމު މަބްރޫކް އަޒީޒް ވިދާޅުވީ އެ ނިންމުމަށް އަމަލުކުރަން ފަށާނީ މި މަހުގެ 5-15 އާ ހަމައަށް 10 ދުވަހުގެ މުއްދަތަކަށް ކަމަށެވެ.

އެ ނިންމުން އެޗްޕީއޭއިން އަޅާފައިވާއިރު ރާއްޖޭގައި ކޮވިޑް ކޮންޓްރޯލް ކުރުމަށްޓަކައި އަށް ފިޔަވަޅެއް އަޅަން އެޗްޕީއޭއިން ވަނީ ނިންމާފަ އެވެ.

ރާއްޖެއިން މިއަދު ވަނީ ރިކޯޑް އަދަދަކަށް ކޮވިޑަށް މީހުން ޕޮޒިޓިވްވެފަ އެވެ. އެގޮތުން 585 މީހަކު ރާއްޖެއިން އަލަށް ޕޮޒިޓިވްވެފައި ވާއިރު މާލެ ސަރަހައްދުން 397 އަދި އަތޮޅު ތެރެއިން 160 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ.

މީގެ އިތުރުން ރިސޯޓްތަކުން 11 މީހަކު، ސިނާއީ މަސައްކަތް ކުރާ ރަށްތަކުން 15 މީހެއްގެ އިތުރުން ޑިވޮލަޕް ކުރަމުން އަންނަ ރަށްތަކުން ދެ މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.

އަދި ރާއްޖޭގައި އެކްޓިވް ކޭސްތަކުގެ އަދަދު 6033 އަރާފައި ވާއިރު އެ ބަލިން ރަނގަޅުވެފައި ވަނީ 25214 މީހެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް