ads
އެފްއޭގެ ރައީސް ބައްސާމް އަދި ޖީއެސް ޖަވާޒް
އޭއެފްސީ ކަޕު ރާއްޖޭގައި ނުބޭއްވޭނެ!
ކޮވިޑުގެ ހާލަތު ގޯސްވެ، އެޗްޕީއޭއިން އިއުލާންކުރި ހަރުކަށި ފިޔަވަޅުތަކާ އެކު މިމަހު މާލޭގައި ބޭއްވުމަށް ހަމަ ޖެހިފައިވާ އޭއެފްސީ ކަޕުގެ މެޗުތައް ކެންސަލް ވެދާނެ ކަމުގެ ބިރު ހީވެއްޖެއެެވެ.

އެޗްޕީއޭއިން ހޯމަ ދުވަހުގެ ރޭ އިއުލާންކުރި ހަރުކަށި  އުސޫލުތަކުގައި މި މަހުގެ ފަސްވަނަ ދުވަހުން ފެށިގެން މާލެ ސަރަހައްދުގައި ކުޅިވަރު މުބާރާތްތައް  ހުއްޓާލަން ޖެހެއެވެ. މިހާރު އިއުލާންކޮށްފައިވާ ހަރުކަށި އުސޫލުތައް ދެމިގެންދާނީ މެއި ފަނަރަވަނަ ދުވަހާ ހަމައަށެވެ. އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖު ފަށަން ކަނޑައަޅާފައިވަނީ މެއި 14 ވަނަ ދުވަހުއެވެ. 

މީގެ އިތުރުން މާލޭގައި އަންނަ ހަފުތާގައި އިންޑިޔާގެ ބެންގަލޫރު އެފްސީއާ ކުލަބު އީގަލްސް ކުޅެން ޖެހޭ މެޗުވެސް އެ ދުވަހު ކުޅެވޭނެ ކަމާމެދުވަނީ ޝައްކު އުފެދިފައެވެ. އެޗްޕީއޭއިން މިދިޔަ ހަފުތާގައި އިއުލާން ކުރި އުސޫލުގައިވާ ގޮތުން އިންޑިޔާއިން މާލެ އަންނަން އެންމެން ދިހަ ދުވަހަށް ކަރަންޓީނުވާންވެސް ޖެހެއެވެ. ބެންގަލޫރު ޓީމު މި ހަފުތާ ތެރޭ މާލެ އަންނާނެ ކަމަށް ބެލެވެއެވެ. 

އެޗްޕީއޭއިން ހޯމަ ދުވަހު އިއުލާންކުރި ހަރުކަށި އުސޫލުތަކާ ގުޅޭ ގޮތުން އެފްއޭއެމުން އަދި ވަކިއެއްޗެއް ނުބުނެއެވެ.  

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް