ads
ރައީސް ވަހީދު-- ފޮޓޯ: އަވަސް
ރައީސް ވަހީދުގެ ސުވާލުތަކެއް ސަރުކާރަށް
ރާއްޖޭގައި ކޮވިޑް 19 ގެ ކޭސްތައް އިތުރުވަމުންދާ ދަނޑިވަޅުގައި ސަރުކާރުން ކަންކުރަމުންދާ ގޮތައް ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދު ހަސަން މަނިކު ފާޑު ވިދާޅުވެއްޖެއެވެ.

ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ރޭ ބޭއްވި ނޫސްވެރިންގެ ޕްރެސްގައި ބުނެފައިވަނީ އިންޑިއާއިން އަންނަ ދިވެހިން ކަރަންޓީނުވާން ޖެހުނު ނަމަވެސް، އެ ގައުމުން ރާއްޖެ އަންނަ ފަތުރުވެރިން ކަރަންޓީނުވާން ނުޖެހޭނެ ކަމަށެވެ. އަދި ކޮވިޑުގެ އިތުރު ކޭސްތައް ފެތުރެމުން އަންނަ ނަމަ އިތުރު ވޭރިއެންޓެއް ފެނުން ގާތް ކަމަށާއި، އިންޑިއާގައި އޮތް ފަދަ ކޮންޓްރޯލުން ނެއްޓިފައިވާ ހާލަތަކަށް ރާއްޖެ ގޮސްދާނެ ކަމަށެވެ.

މިކަމާ ގުޅިގެން ރައީސް ވަހީދު ކުރެއްވި ޓުވީޓެއްގައި ވަނީ ސަރުކާރުގެ ނިންމުންތަކަށް ފާޑުވިދާޅުވެ، ސުވާލުތަކެއް ކުރިމަތި ކުރުވާފައެވެ. އެގޮތުން ކޮވިޑު ކޮންޓްރޯލް ކުރުމަށް އިންޑިއާ އަދި ނޭޕާލުން މީހުން ރާއްޖެ އައުން ނުހުއްޓުވަނީ ކީއްވެތޯ އެމަނިކުފާނު ވަނީ ސުވާލު އުފައްދަވާފައެވެ.

މިއަދާ ހަމައަށްވެސް ރާއްޖޭގައި އުޅެނީ ކޮވިޑުގެ ކޮން ވޭރިއެންޓެއްކަން ދެނެގަނެވިފައި ނެތީ ކީއްވެތޯ ސުވާލު ސުފައްދަވައި ރައީސް ވަހީދު އިތުރަށް ވިދާޅުވީ ހިއުމަން ރިސޯސްތައް ސްޓްރެސްވެފައި ވަނިކޮށް ބެޑް ކެޕޭސިޓީ އިތުރު ކުރުމުގެ މާނައެއް ނެތް ކަމަށެވެ.

އިންޑިއާ އަދި ނޭޕާލުން އަންނަ ފަތުރުވެރިން ހުއްޓުވުމަށް ރައީސް ވަހީދު ގޮވާލައްވާފައިވާއިރު، ކުރިއާ އަޅާ ބަލާއިރު ރާއްޖެއަކީ މިހާރު ޓޫރިސްޓުންނަށް މާ ރައްކާތެރި މަންޒިލެއް ކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ބުނެފައެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
38%
ސަތޭކައަކުން ސުމެއް
13%
ވަރަށް ސަލާމް
ކޮމެންޓްސް