ads
ރާއްޖޭގެ ބޯޑަރު ހުޅުވުމާއެކު ފުރަތަމަ ފްލައިޓް ޖެއްސުން-- ފޮޓޯ: ޓޫރިޒަމް މިނިސްޓަރު
ފޯކަސްޑް ބޯޑަރު ކޮންޓްރޯލް މުހިންމު: ޑރ. އަލީ ނިޔާފް
ވަކި ވަކި ގައުމުތަކަށް ފޯކަސްކޮށްގެން ރާއްޖޭގެ ބޯޑަރުން އެތެރެވާ މީހުން ކޮންޓްރޯލް ކުރުމަކީ ކޮވިޑް ކޮންޓްރޯލް ކުރުމަށް ރަނގަޅު ފެށުމެއް ކަމަށް މޯލްޑިވިއަން މެޑިކަލް އެސޯސިއޭޝަންގެ ރައީސް އަލީ ނިޔާފް ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ކޮވިޑް ކޭސްތައް ވަރަށް ބޮޑަށް އިިތުރުވެފައިވަ މި ދަނޑިވަޅުގައި ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުންވެސް ވަނީ ރާއްޖެއިން ކޮވިޑުގެ އިތުރު ނުރައްކާތެރި ވޭރިއެންޓެއް ފެނިދާނެކަމަށް ބުނެފައެވެ. އެހެންނަމަވެސް ކޮވިޑު ކޭސްތައް އެންމެ ގިނަ އެއް ގައުމު ކަމުގައިވާ އިންޑިއާއިން އަންނަ ފަތުރުވެރިން ކަރަންޓީނުވާން ނުޖެހޭގޮތައް ސަރުކާރުން ވަނީ ނިންމާފައެވެ.

ރާއްޖޭގެ ސިއްހީ ހާލަތާމެދު ކަންބޮޑުވުން ފާޅުކުރައްވައި އަލީ ނިޔާފު ކުރެއްވި ޓުވީޓުތަކެއްގައި ވިދާޅުވީ ކުރިން ހެދުނު މިސްޓޭކުތަކުން އިބުރަތް ލިބިގަންނަންޖެހޭ ކަމަށާއި، މިހާރު ރާއްޖޭގައި ކޮވިޑު ފެތުރެމުން މިދަނީ އެލާމިން ރޭޓެއްގައި ކަމަށެވެ. ހަލުވި ކަމާއެކު ކޮވިޑު ފެތުރުން ހުއްޓުވުމަށް ހަރުދަނާ އަދި ދެމެހެއްޓެނިވި ފިޔަވަޅުތަކެއް އަޅަންޖެހޭ ކަަމަށް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ޓެގު ކުރައްވައި އަލީ ނިޔާފް ވިދާޅުވީ މި ހާލަތުގައި ވަކި ވަކި ގައުމުތަކުން އަންނަ ފަތުރުވެރިންނަށް ފޯކަސްކޮށްގެން ރާއްޖޭގެ ބޯޑަރު ކޮންޓްރޯލުކުރުމަކީ ކޮވިޑް ފެތުރުން ހުއްޓުވުމަށް ރަނގަޅު ފެށުމެއް ކަމަށެވެ. ސަރުކާރުގެ ފުރަތަމަ ޒިންމާއަކަށް ވާންޖެހޭނީ ރައްޔިތުންގެ ދުޅަހެޔޮކަށް ކަން އޭނާ ފާހަގަކުރެއްވިއެވެ.

އޭގެ އިތުރުންވެސް ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް ފަސޭހައިން ވެކްސިން ޖެހޭނެ އިންތިޒާމު ހަމަޖެއްސުމާއި، އެޗްޕީއޭގެ މޮނީޓަރިން ހަރުދަނާކުރުން މުހިންމު ކަމަށް އަލީ ނިޔާފް ވިދާޅުވިއެވެ.

ހަލުވިކަމާއެކު ކޮވިޑު ފެތުރެމުންދާ މި ދަނޑިވަޅުގައި، ސަރުކާރުން އިންޑިއާ އަދި ނޭޕާލު ފަދަ ގައުމުތަކުން ރާއްޖެ އަން މީހުން އެތެރެވުން މަނާ ނުކުރާތީ ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދު ހަސަން މަނިކުވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް