ads
އޭއެފްސީން ހޯމަ ދުވަހު ނިންމާފައިވަނީ ހޮންކޮންގައި ކުޅޭ މެޗުތައް ފަސްކުރަން
ހޮންކޮންގ އެފްއޭއިން އެދިގެން އޭއެފްސީ މެޗުތައް ފަސްކޮށްފި
ކޮވިޑާ ހެދި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ހޮންކޮންގެ ފުޓްބޯޅަ އެސޯސިއޭޝަނުން އިސްވެ އެދިގެން، އެ ގައުމުގައި ބާއްވަން ހަމަ ޖައްސާފައިވާ އޭއެފްސީ ކަޕުގެ މެޗުތައް ފަސްކޮށްފިއެވެ. ހޮންކޮންގެ ކުލަބުތައް ހިމެނޭ އޭއެފްސީ ކަޕުގެ ގްރޫޕް ޖޭ ގެ މެޗުތައް ފަށަން ކުރިން ހަމަ ޖައްސާފައި އޮތީ މި މަހުގެ ސާދަވަނަ ދުވަހުއެވެ.

އޭއެފްސީން، ހޮންކޮންގައި ކުޅޭން ނިންމާފައިވާ ގްރޫޕް ޖޭ ނުވަތަ އީސްޓް ޒޯންގެ މެޗުތައް ފަސް ކުރަން ނިންމައި އެކަން އިއުލާން ކުރީ ހޯމަ ދުވަހުއެވެ. ކޮވިޑުގެ ހާލަތައް ރިއާޔަތްކޮށް، ހޮންކޮންގ ފުޓްބޯޅަ އެސޯސިއޭޝަނުން އޭއެފްސީގައި އެދުނީ އެ ގައުމުގައި ހޯސްޓްކުރަން ނިންމާފައިވާ ގްރޫޕް ސްޓޭޖުގެ މެޗުތައް ފަސްކުރާށެވެ. ހޮންކޮންގެ އެފްއޭގެ މި އެދުމާ އެކު އޭއެފްސީންވަނީ މި މަހު ކުޅެން ކަނޑައަޅާފައިވާ މެޗުތައް އަންނަ މަހުގެ ފަހުކޮޅަށް ފަސްކޮށްފައެވެ.

ކުރިން މި މަހުގެ ސާދައިން ވިއްސަށް ކުޅެން އޮތް މެޗުތައް މިހާރު ކަނޑައަޅާފައިވާ ގޮތުން ކުޅޭނީ އަންނަ މަހުގެ ތޭވީހުން އޮނަތިރީހަށެވެ. ހާލަތަށް ބެލުމަށް ފަހު މި ތާރީހުތައް ބަދަލުވުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.

ގްރޫޕް ޖޭގައި ހިމެނެނީ ހޮންކޮންގެ ދެ ކުލަބަކާ ޗައިނީޒް ތައިޕޭ އަދި މޮންގޯލިއާ ޓީމެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް